ޚަބަރުކުޅިވަރު

ޔޫއެފާ ޕްލޭޔާރ އޮފް ދަ އިޔާރ ޖޮޖީނިއޯއަށް

އޫއެފާ މެންސް ޕްލޭޔާރ އޮފް ދަ އިޔާރ 2021 ގެ ޝަރަފުވެރި މަގާމުގެ ޗެލްސީގެ މިޑްފީލްޑަރު ޖޮޖީނިއޯ ކާމިޔާބުކޮށްފިއެވެ.

ޖޮޖީނިއޯ ވަނީ އޫއެފާގެ ދެ މުބާރާތެއް މިއަހަރު ކާމިޔާބުކޮށްފައެވެ. އެއީ ޗެލްސީ އާއެކު ޗެމްޕިއަންސް ލީގާއި އިޓަލީ އާއެކު ޔޫރޯ މުބާރާތެވެ.

ޔޫއެފާއިން ހޮވި އެންމެ މޮޅު ޖޯލްކީޕަރަކަށް ހޮވިފައިވަނީ އިޓަލީ އާއިއެކު ޔޫރޯ އުފުލާލި ކީޕަރު ޑޮނަރުންމާއެވެ. އެންމެ މޮޅު ޑިފެންޑަރަކަށް ހޮވިފައިވަނީ މެންސިޓީގެ އުންމީދީ ޑިފެންޑަރު ރޫބިން ޑިއާސްއެވެ.

މިމަގާމުތަކުގެ އިތުރުން އެންމެ މޮޅު މިޑްފީލްޑަރާއި ފޯވާޑު ވެސް ޔޫއެފާއިން ވަނީ ހޮވާފައެވެ. އެގޮތުން އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވާފައިވަނީ ޗެލްސީގެ މިޑްފީޑްގެ މައި ތަނބު ކަމުގައިވާ އެންގޮލޯ ކާންޓޭއެވެ. އަދި އެންމެ މޮޅު ހޮވާޑަކަށް ހޮވާފައިވަނީ ޗެމްޕިއަންސް ލީގުގައި މިފަހަރު އެންމެ ގިނަ ގޯލު ކާމިޔާބު ކުރި ޑޯޓްމަންޑްގެ ފޯވާޑް ހާލޭންޑްއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button