ޚަބަރު

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި 458 ޕްރޮޖެކްޓް!

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓްގައި އިންތިހާބީ ސަރުކާރުން ހުށަހެޅި 458 ޕްރޮޖެކްޓެއް ހިމަނައިފި އެވެ.

2024 ވަނަ އަހަރުގެ ބަޖެޓް ރިޕޯޓު ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާއިރު، އެ ރިޕޯޓުގައިވާ ގޮތުން އާ ސަރުކާރުގެ ޕްރޮޖެކްޓްތަކަށް 1.5 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މީގެ ތެރެއިން 144 ޕްރޮޖެކްޓަކީ މިހާރު ވެސް ހިނގަމުންދާ މަސައްކަތްތަކަށް ވާތީ،  މުޅިން އަލަށް ފަށަން ބަޖެޓުގައި ހުށަހަޅާފައިވަނީ އިންތިހާބީ ސަރުކާރުގެ 314 ޕްރޮޖެކްޓެވެ.

އިންތިހާބީ ސަރުކާރުން ހިންގަން ރޭވި އެންމެ ބޮޑު ޕްރޮޖެކްޓަކީ ފުށިދިއްގަރުފަޅު ހިއްކުމެވެ. އެ ޕްރޮޖެކްޓަށް ވަނީ 400 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފަ އެވެ. އެހެން މަޝްރޫއުތަކުގެ ތެރޭގައި ރަށްރަށުގެ މަގު ހެދުމާއި އެއާޕޯޓު އެޅުމާއި ބިން ހިއްކުމާއި ސިއްހީ މަރުކަޒުތަކާއި ސްކޫލުތަކުގެ މަސައްކަތްތަކުގެ އިތުރުން މިސްކިތް އިމާރާތް ކުރުން ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button