
ދީނާއި ސިޔާދަތަށް ބުރުއަރާ އެއްވެސް ކަމެއް ކުރާނަމަ ކޯލިޝަން ރޫޅާލުމަށް ފަހެއް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރ ޝެއިހް އިމްރާން ވިދާޅުވުމުން އެކަމަށް ދިޔާނާ ސައީދު ފާޑު ވިދާޅުވެއްޖެއެވެ.
ދިޔާނާ ވިދާޅުވިގޮތުގައި ރައްޔިތުންގެ ތާއީދެއް ނެތް އިރުވެސް ސަރުކާރު އަމިއްލަ ކުންފުންޏެންހެން ފޮތި ފޮތި ކޮށްގެން ހިއްސާ ނަންގަވައިގެން ތިއްބެވީ ދީނާ ސިޔާދަތު ރަހުނު ކުރައްވައިގެން ކަމަށެވެ.
އާރާއި ބާރު ހޯއްދެވުމަށް ތިޔަބޭފުޅުން ނުވިއްކަވާނެ އެއްވެސް އެއްޗެއް މި އުޑުހިޔާ ދަށުގައި ނުހުންނާނެ، ދިޔާނާ ވިދާޅުވިއެވެ.
Konthaaku, aaraa baaru hoaddhevumah thiya beyfulhun nuvikkavaane evves eccheh mi uduhiyaa dhashuga neiy. Rayyithunge thaaeedhu base eh neiy iruves sarukaaru amilla kunfunyeh hen fothifothikohgen hissaa nangavaigen thithibbevee ‘dheenaa siyaadath’ rahunukohgen. pic.twitter.com/LGSGebgx4U
— Dhiyana ?🌹 (@dhiyanasaid) August 19, 2021
ދީނާއި ސިޔާދަތަށް ބުރުއަރާ އެތަައް ކަމެއް މިސަރުކާރުން ކުރަމުން ދާއިރުވެސް ކޯލިޝަނުގައި ހިމެނޭ ފަރާތްތަކުން އެކަންކަން ހުއްޓުވުމަށް މަސައްކަތް ކުރަމުން ނުގެންދާތީ ގިނަ ބައެއްގެ ފާޑުކިޔުން ދަނީ ސަރުކާރު ކޯލިޝަނަށް އަމާޒުވަމުންނެވެ.