ސަރުކާރުން ލާމާރުކަޒީ ގާނޫނު ތަންފީޒު ކުރަމުން ނުގެންދާތީ ލަދުވެތިވާ ކަމަށް މާލޭ ސިޓީ ކައުންސިލްގެ މައްޗަންގޯޅި މެދު ދާއިރާގެ އެމްޑީޕީ ކައުންސިލަރު، އަހުމަދު ޒަމީރު ވިދާޅުވެއްޖެއެވެ. ޒަމީރު މިހެން ވިދާޅުވެފައިވަނީ އެބޭފުޅާ ކުރެއްވި ޓްވީޓެއްގައެވެ.
ދެވަނަ ދައުރުގެ މާލޭ ސިޓީ ކައުންސިލްގެ ކައުންސިލަރެއްގެ ހައިސިއްޔަތުންނާއި އެމްޑީޕީގެ މެމްބަރެއްގެ ހައިސިއްޔަތުން މިކަމާއި މެދު ލަދު ލަދުވެތިވާ ކަމަށް ޒަމީރު ވިދާޅުވެފައިވެއެވެ.
ޒަމީރުގެ މިޓްވީޓް ކުރައްވާފައިވަނީ މާލޭ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ނަރީޝް ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.
ނަރީޝްގެ ޓްވީޓުގައި ވިދާޅުވެފައިވާ ގޮތުގައި އިންތިހާބުގެ ދުވަސްވަރު ސަރުކާރުން ވިސްނައިދެމުން ދިޔައީ ލާމަރުކަޒީ ނިޒާމަކީ އެބޭފުޅުންގެ ދަރިއެކޭ ބުނެ ކަމަށާއި، އަމަލީ މައިދާނުގައި ޤާނޫނު ތަންފީޒު ކުރަން ޖެހުމުން ސަރުކާރު ޕާޓީއަށް މެޖޯރިޓީ ނުލިބުނީމާ މި ފެންނަނީ ނިޒާމް އޮޅާލާ ކައުންސިލްގެ އިހްތިސާސް އަށް އަރައިގަންނަ މަންޒަރުކަމަށެވެ.