ޚަބަރު

13 އަހަރުގެ ކުއްޖާގެ މަރާގުޅިގެން ހައްޔަރުކުރި ދެ މީހުންނަށް ދައުވާކުަރަން ފޮނުވައިފި

މިދިޔަ ޖޫން މަހުގެ ތެރޭގައި ހުޅުމާލޭގައި މަރާލާފައި އޮއްވާފެނުނު އުމުރުން 13 އަހަރުގެ ކުއްޖާގެ މަރުގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ މައްޗަށް މަރުގެ ދައުވާ އުފުލައިފިއެވެ. މަރުގެ ދައުވާ އުފުލާފައިވަނީ ނ.ލަންދޫ ބަގީޗާގޭ އިބްރާހިމް ޒިހާން އާއި އުމުރުން 17 އަހަރުގެ ކުއްޖަކަށެވެ.

ޕްރޮސެކިޓާ ޖެނެރަލް ހުސެން ޝަމީމް ވިދާޅުވީ ޒިހާންގެ މައްޗަށް ހަތް ބާވަތެއްގެ 13 ދައުވާއެއް އުފުލާފައިވާކަމަށެވެ. އެއީގަސްތުގައި މީހަކު މެރުމުގެ ދައުވާ، ޖިންސީ ނިޔަތެއް އޮވެގެން ކުޑަ ކުއްޖެއްގެ ހަށިގަނޑުގައި ގަސްތުގައި އަތްލުމުގެ ހަތް ދައުވާ، ކުޑަ ކުއްޖަކަށް މަސްތުވާތަކެތި ދީގެން އެ ކުއްޖާއާ އެކު ޖިންސީ އަމަލު ހިންގުމުގެ ދައުވާ، ޖިންސީ ގޯނާ ހިންގުމަށް ކުޑަ ކުއްޖަކު ގްރޫމް ކުރުމުގެ ދައުވާ، ހުއްދަ ނޫން ގޮތުގައި މައްޔިތާގެ ބޭނުން ހިފެހެއްޓުމުގެ އިތުރުން ނަހަމަ ގޮތެއްގައި ޖިންސީ ކުށެއް ކުރުމުގައި ކުޑަ ކުއްޖަކު ބޭނުންކުރުމުގެ ތިން ދައުވާއެވެ.

މި މައްސަލާގައި ހައްޔަރު ކޮއްފައިވާ 17 އަހަރުގެ ކުއްޖާގެ މައްޗަށް ކުރަނީ 3 ދައުވާއެކެވެ. އެއީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ، ހުއްދަނޫން ގޮތުގައި މީހަކު ހިފެހެއްޓުމާއި މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ދައުވާއެވެ.

ޕީޖީ ޝަމީމް ވިދާޅުވިގޮތުގައި މިފަދަ ކަންކަމުން ކުޑަކުދިން ސަލާމަތްކުރުމަށްޓަކައި މުޖުތައުމައުގެ އެންމެން ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭކަމުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button