ޚަބަރުސިޔާސީ

ޞިއްޙީ ދާއިރާގެ ފުރަތަމަ 100 ދުވަސް

ހެލްތު މިނިސްޓަރު ޑރ.ޢަބްދުﷲ ޚަލީލު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ޞިއްޙީ ދާއިރާއިން ހާސިލުކުރަން ކަނޑައަޅާފައިވާ އެންމެ މުހިއްމު އެއް އަމާޒަކީ ޕްރައިމަރީ ހެލްތު ކެއާގެ ޚިދުމަތްތައް މިހާރަށްވުރެ ހަރުދަނާކުރުމާއެކު، ތެލެސީމިއާގެ ފަރުވާގެ ނިޒާމު ރަނގަޅުކުރުމެވެ.

ބޯން މެރޯގެ ފަރުވާ ތެލެސީމިއާ ކުދިންނަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަކީ މިހާރުވެސް އެ މިނިސްޓްރީން ކުރަމުން އަންނަ ކަމެކެވެ. ލަސްތަކެއްނުވެ ތެލެސީމިއާ ބަލީގެ ފަރުވާގެ ނިޒާމު ފުޅާކުރުމާއި ބައެއް ކުދިންނަށް ބޯންމެރޯ ޓްރާންސްޕްލާންޓު ހެދުމުގެ ފުރުސަތުތައް ފޯރުކޮށްދެވޭނެ ކަމުގައިވެސް ޑރ.ޚަލީލު ވިދާޅުވިއެވެ.

ޕްރައިމަރީ ހެލްތު ކެއާ ފުޅާކުރެއްވުމަކީ ރައީސް ޑރ.މުޢިއްޒުގެ ވަރަށް ޚާއްޞަ ވައުދުފުޅެއްކަން ފާހަގަކުރައްވައި ޑރ.ޚަލީލު ވިދާޅުވީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެ ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށާއި ހަފުތާ 14 ގެ ތެރޭގައި ކުރެވޭނެ ކަންކަމާއި އޭގެ ފަހުން ފަސް އަހަރުގެ ދައުރުގެ ތެރޭގައި ކުރާނެ ކަންކަން ކަނޑައެޅުމުގެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

އޭގެ އިތުރަށް ރާއްޖެއަކީ ކުދި ޖަޒީރާތަކަށް ބެހިފައި ހުރި ޤައުމަކަށްވާތީ، ރައްޔިތުންނަށް ފަސޭހައިން ރަނގަޅު ފެންވަރުގެ ޞިއްޙީ ޚިދުމަތަށް ވާސިލުވެވޭނެ މަގުފަހިކުރުމުގެ ގޮތުން އެއާ އެމްބިއުލާންސް ތައާރަފުކުރުމުގެ މަސައްކަތްވެސް މިހާރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button