ޚަބަރުސިޔާސީ

ކެންސަރުގެ އާލަސްކަންފުޅަށް ފަރުވާ ހޯއްދެވުމަށް މިނިސްޓަރު ޑރ. އައިޝަތު ރަމީލާ އިންޑިއާއަށް

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. އައިޝަތު ރަމީލާ، ކެންސަރުގެ އާލަސްކަންފުޅާ ގުޅިގެން، އެ ބައްޔަށް ފަރުވާ ހޯއްދެވުމަށް އިންޑިއާއަށް ވަޑައިގަތުމަށް ނިންމަވައިފިއެވެ.

މިނިސްޓަރު އެކަން އިއުލާނުކުރެއްވީ އޭނާގެ ފޭސްބުކު އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައެވެ. އެގޮތުން ބަލި ހުރިކަން ދެނެގަނެވުނީ ބަލީގެ އެންމެ ފަހު ސްޓޭޖުގައި ކަމަށާއި ގައުމުން ބޭރަށް ވަޑައިގަންނަވަނީ ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ހޯއްދެވުމަށް ކަމަށް ރަމީލާ ވިދާޅުވިއެވެ. ނަމަވެސް, ފަރުވާ ހޯއްދަވަނީ ކެންސަރުގެ ކޮން ބާވަތަކަށް ކަމެއް ވިދާޅުވެފައެއް ނުވެއެވެ.

ފަރުވާ ހޯއްދަވާ މުއްދަތުގައި އެ މިނިސްޓްރީގެ މަސައްކަތްތައް ބެލެހެއްޓުން ސަރުކާރުން ދަނީ ރާވަމުންނެވެ. މިނިސްޓަރ ރަމީލާއަށް އަވަސް ޝިފާއެއް ދެއްވުން އެދި ބޮންތި ނޫހުގެ ނަމުގައާއި ދިވެހި ރައްޔިތުންގެ ނަމުގައި ހެޔޮ ދުއާ ކުރަމެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button