ޚަބަރުސިޔާސީ

”ޤައުމިއްޔަތު“ މާއްދާ ފުރަތަމަ ކިޔަވައިދޭނީ ގްރޭޑް 4 އަށް

ތައުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވި ގޮތުގައި ”ޤައުމިއްޔަތު“ މާއްދާ ޓެސްޓުކުރަން ފުރަތަމަ ކިޔަވައިދޭނީ ގްރޭޑް 4 އަށެވެ.

 

ދައުލަތުގެ މީޑިއާ ޕީއެސްއެމްއަށް ދެއްވި ހާއްސަ ބަސްތީގަތުމެއްގައި ޝަފީއު ވިދާޅުވީ ގައުމިއްޔަތު މާއްދާ ސްކޫލްތަކުގެ ހުރިހާ ގްރޭޑަކަށް ހުޅުވައިލުމުގެ ކުރިން ޓެސްޓު މަރުހަލާއެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން އެ މާއްދާ ޕައިލެޓް ކުރުމަށް ހަމަޖެހިފައިވަނީ ގްރޭޑް 4ގައި ކިޔަވަމުންދާ ދަރިވަރުންނަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވެސް ދަނީ އެހެން މާއްދާތަކުގެ ތެރެއިން ’ގައުމިއްޔަތު‘ އުނގަންނައިދެމުން ކަމުގައި ވަޒީރު ވިދާޅުވިއެވެ.

 

އެ މާއްދާއަކީ ފުޅާ އަދި މުހިއްމު މާއްދާއެއް ކަމަށްވުމުން ވަކި މާއްދާއެއްގެ ގޮތުގައި ގައުމިއްޔަތު ކިޔަވައިދީފިނަމަ، އޭގެ ސަބަބުން ބެލެނިވެރިންނާއި ދަރިވަރުންނަށް ގައުމިއްޔަތާއިބެހޭ އިތުރު ސައްހަ މައުލޫމާތު ލިބި ގައުމަށް ދަރިވަރުންގެ ހިތުގައި އޮތް ލޯބި އިތުރުވާނެކަމަށް ވެސް ވިދާޅުވިއެވެ.

 

ގައުމިއްޔަތު މާއްދާގެ ޕައިލެޓުކުރުން ގާތްގަނޑަކަށް 3 ހަފްތާ ތެރޭގައި ފެށިގެންދާނެކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. އަދި، އެ ޕްރޮގްރާމް ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ.

 

މީގެ އިތުރުން، ގްރޭޑް 4 ގެ ދަރިވަރުންނަށް ގައުމިއްޔަތު މާއްދާ ޕައިލެޓް ކުރުމަށްފަހު އެ ޓެސްޓުން ނިކުންނަ ނަތީޖާތަކަށް ގޮތް ނިންމުމުގައި ރިއާޔަތްކުރާނެކަން ވަޒީރު ފާހަގަކޮށްފައިވެއެވެ.

ޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު ރަސްމީކޮށް މަންހަޖުގައި ހިމަނާނަން“
ވަޒީރު ޑރ. ޝަފީއު ވިދާޅުވިއެވެ.

 

އެ މާއްދާ މަންހަޖުގައި ހިމެނުމަށްޓަކައި އެ މާއްދާގެ މުގައްރަރު އެކުލަވައިލުމުގެ މަސައްކަތް އެ ފަންނުގެ މާހިރުންގެ އެހީއާއިއެކު ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button