ޚަބަރުސިޔާސީ

އައިކޯސްޓް ކޮލެޖަކަށް ބަދަލުކޮށް، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތް ކުރަނީ

އިންސްޓިޓިއުޓް ފޮރ ކަރެކްޝަނަލް ސްޓަޑީޒް (އައިކޯސްޓް) ކޮލެޖަކަށް ބަދަލުކުރުމަށް މަސައްކަތްކޮށް، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ސީޕީ ޒަރީރު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އައްސޭރި ޖަލުގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ގައުމުގައި ހުރި އިގުތިސާދީ ގޮންޖެހުންތަކަށް އަލިއަޅުއްވައިލައްވަމުން ސީޕީ ޒަރީރު ވިދާޅުވީ ޖަލުތައް ކޮމާޝަލައިޒްކޮށް، މިހާރު ހިންގަމުންދާ މަޝްރޫއުތައް ފުޅާކުރުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ.
އެގޮތުން އޮފިސަރުންނާއި މުވައްޒަފުން ތަރައްގީކޮށް ތައުލީމީ ފުރުސަތު ހޯދައި ދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ވިދާޅުވެ، ސީޕީ ވަނީ އައިކޯސްޓް, ކޮލެޖަކަށް ބަދަލުކުރުމަށް މަސައްކަތްކޮށް، މާސްޓާސް ޑިގްރީ ފެންވަރުގެ ކޯސްތައް ހިލޭ ހިންގުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެއިތުރުން ސީޕީ ޒަރީރު ވަނީ މި ޖީލުގައި އަދި ޒަމާނުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަސްތުވާތަކެތީގެ ވަބާއާ ގުޅޭ މައްސަލަތައް ކަމާއި ޖަލުތަކުގައި ތިބި ގައިދީންގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ ދިވެހީންނާއި ބިދޭސީންކަން ފާހަގަކުރައްވައިފައެވެ. އަދި އެމީހުން ބަލަހައްޓައި ރިހެބިލިޓޭޓްކޮށް މުޖުތަމައުއަށް ނެރުމަށް ކުރާ މަސައްކަތްތަކަކީ ގައުމީ ޖިހާދެއްގެ ގޮތުގައި ސިފަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button