ޚަބަރުސިޔާސީ

މައްސަލަ ޖެހިފައިހުރި 3 އައިސްޕްލާންޓަކުން އަލުން ހިދުމަތްދޭން ފަށައިފި

މައްސަލަ ޖެހި،  ހައްލެއް ނުލިބުމުގެ ސަބަބުން ހިދުމަތް ހުއްޓިފައިހުރި 3 އައިސްޕްލާންޓެއްގެ ހިދުމަށް އަލުން ދޭންފަށައިފިއެވެ.

އެގޮތުން، ރާއްޖޭގައި މަސައްކަތް ހުއްޓިފައި ހުރި އައިސް ޕްލާންޓުތައް އަލުން އޮޕަރޭޓުކުރަން ފަށާ، މަސްވެރިންނަށް ފަސޭހައިން އައިސް ލިބޭނެ އިންތިޒާމު މިފްކޯއާ ގުޅިގެން ހިންގަމުންދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން މައުލޫމާތުދީފިއެވެ.

އަލުން އޮޕަރޭޓުކުރަން ފެށި އައިސްޕްލާންޓުތައް

  •  ޅ. ފެލިވަރު އައިސްޕްލާންޓު
  • ގއ. ގެމަނަފުށި އައިސްޕްލާންޓު
  • ގއ. ކޮލަމާފުށި އައިސްޕްލާންޓު

އަލުން އޮޕަރޭޝަނަށް ނެރެފައިވާ 3 އައިސްޕްލާންޓަކީ 25 ޓަނުގެ އައިސް އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އައިސްޕްލާންޓު ތަކެއްކަން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ފާހަގަކޮށްފައިވެއެވެ.

އަދި ހަމައެފަދައިން، ގއ. ދެއްވަދޫގައި ގާއިމްކޮށްފައިހުރި އައިސްޕްލާންޓަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް އެރަށުގައި މިފްކޯގެ ޓީމެއް ހަރަކާތްތެރި ވަމުންދާކަމަށް އެ ވުޒާރާއިން މައުލޫމާތު ދީފައިވެއެވެ.

ރާއްޖެއަކީ މަސްވެރިކަމުގެ ސިނާއަތައް ނުހަނު ބޮޑަށް ބަރޯސާވާ ގަައުމަކަށްވެފައި ލިބެންވާ މިންވަރަށް އައިސް ނުލިބުމަކީ މަސްވެރިން ކުރިންވެސް ދައްކަމުންދާ ވާހަކައެކެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެފައިވާގޮތުން، އައިސް ލިބުމުގައި ދަތިތައް ދިމާވެފައިވާ މައިގަނޑު ސަބަބަކީ، އައިސް ޕްލާންޓުތަކުގެ މެއިންޓެނެންސް މަސައްކަތްތައް ނުކުރެވި ހުރުމެވެ.

އެހެންކަމުން، އެކަންކަމަށް ހައްލެއް ގެނައުމަށް ޓަކައި މި ސަރުކާރުން ރާއްޖޭގެ 9 ސަރަހައްދެއްގައި އައިސްޕްލާންޓު ގާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ވަނީ މައުލޫމާތު ދީފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button