ޚަބަރު
އެސްޑީއެފްސީ އޮފީސް ފަޅާލައިފި

މ.ކަނީރުވިލާގެ ދެވަނަ ފަންގިފިލާގައި ހުންނަ އެސްޑީއެފްސީގެ އޮފީސް ފަޅާލައިފިއެވެ.
ފުލުހުންނަށް އެ މައްސަލަ ހުށަހަޅާފައިވަނީ މިއަދު ހެނދުނު 08:56 ގައި އެވެ. މިހާރު ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
އެސްޑީއެފްސީ އަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި ފަސޭހައިން ލޯނު ލިބޭނެ މަގެއް ހަމަޖައްސަވައިދެއްވުމުގެ ގޮތުން ޤާއިމްކުރެވިފައިވާ ކުންފުންޏެކެވެ.
އެސްޑީއެފްސީ ފަޅާލި މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ އިރު މި މައްސަލަ އާއި ގުޅިގެން މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެެ.އަދި އޮފީހުން ވަގަށް ނަގާފައި ވަނީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް ނޭނގެއެވެ.