ޚަބަރު

ކޭބަލް ޓީވީ އޮޕަރޭޓަރުންގެ ޕެޓިޝަނެއް ރައީސް ސޯލިހަށް!

ރާއްޖޭގައި ކޭބަލް ޓީވީގެ ޚިދުމަތް ފޯރުކޮށްދެމުން ގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވުމުން، އެމައްސަލަތައް ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް ފައްޔާޒު އިސްމާއިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ. މި ޕެޓިޝަނުގައި މި ދާއިރާގައި މަސައްކަތްކުރާ 100 ވިޔަފާރިވެރިޔަކު ވަނީ ސޮއި ކޮށްފައެވެ.

މި ޕެޓިޝަނުގައި، ކޭބަލް އޮޕަރޭޓަރުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދައިދިނުމަށް އެކަށައަަޅަންޖެހޭ ސިޔާސަތުތަކާއި، އަޅަން ޖެހޭ ފިޔަވަޅުތައް ވީ އެންމެ އަވަހަަށް އަޅައިދިނުމަށް ވަނީ އެދިފައެވެ.

ކޭބަލް އޮޕަރޭޓަރުންގެ މައިގަނޑު ކަންބޮަޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ސިނާއަތުގެ ވާދަވެރިކަން ގެއްލި، އެއް ކުންފުންޏެއްގެ ދަށަށް މުޅި ސިނާއަތް ދިޔުމުގެ ބިރު އޮތް ވާހަކައެވެ. މިގޮތުން އެފަރާތްތަކުން މިހާރު ހިދުމަތް ފޯރުކޮށްދެނީ މީޑިއާނެޓާއި އެކީ ވެވިފައިވާ ޕާޓްނަރޝިޕް އެއްބަސްވުމެއްގެ ދަށުން، ދެފަރާތަށް މަންފާ ވާގޮތަށް ކަމަށް ބުނެފައިވެއެވެ. ނަމަވެސް މިހާރު މި ވިޔަފާރިވެރިންގެ މައިގަނޑު ކަންބޮަޑުވުމަކީ ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓަޑް (ދިރާގުން) މި ސިނާއަތުގެ ތެރެއަށް ވަދެ، ހިދުމަތްދޭން ފެށުމެވެ. އެގޮތުން ދިރާގުން ދަނީ އެކުންފުނީގެ އިންޓަރނެޓް ހިދުމަތްތަކާއި ބަންޑަލް ކޮށްގެން ކޭބަލްޓީވީ ހިދުމަތްތައް ދެމުންނެވެ. މިފަދައިން މިކަން ވަމުން ދިޔުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ސިނާއަތުގެ ވާދަވެރިކަން ގެއްލި، އެއްކުންފުންޏެއްގެ ދަށަށް މުޅި ސިނާއަތް ދާނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެއެވެ.

”އަޅުގަނޑުމެންގެ ވިޔަފާރީގެ ތެރެއަށް ދިރާގުން ވަނީ އަޅުގަނޑުމެންގެ ވިޔަފާރި ފުނޑާލުމަށޭ ބުނެވޭ ފަދަ ގޮތަކަށް އެމީހުންގެ އަމަލުތައް ހުންނަނީ. ޕްރޮމޯޝަންތައް ވެސް އިންތިހާއަށް. އަދި އަގުތައްވެސް ހުންނަނީ އަޅުގަނޑުމެންނަށް ނުއުފުލޭ ވަރަށް ކުޑަކޮށްފަ.“ ހއ.ހޯރަފުށީގެ ކޭބަލް އޮޕަރޭޓަރ އަހްމަދު ފާއިޒް ”ބޮންތި“ އާއި ވާހަކަދައްކަމުން ބުނެފައިވެއެވެ.

ދިރާގަކީ މެޖޯރިޓީ ހިއްސާ ބޭރުގެ ކުންފުންޏަކަށް އޮންނަ ތަނެއް ކަމަށާއި، ރަށްރަށުން ހޯދާ ފައިސާ ރާއްޖެއިން ބޭރުވާތީ އެކަމުގެ ކަންބޮަޑުވުންވެސް ފާއިޒްވަނީ ފާހަގަކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button