ޚަބަރުސިޔާސީ

ގާނޫނުތައް ހުއްޖަތަކަށް ނުދައްކައި، މަސައްކަތުގެ ސްޕީޑު ރަނގަޅު މޭޔަރަކަށް އަޅުގަނޑު ވާނެ: ސީޕީ ހުސައިން

ގާނޫނުތައް ހުއްޖަތަކަށް ނުދައްކައި މަސައްކަތުގެ ސްޕީޑު ރަނގަޅު މޭޔަރަކަށް އެބޭފުޅާ ވާނެކަމަށް މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް ހުސައިން ވަހީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހުސައިން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ގާނޫނުތަކުން ސިޓީ ކައުންސިލަށް ލިބޭ ބާރުތައް މަދުނޫންކަން އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ މޭޔަރު ކަމުގައި ހާމަވެގެން ގޮސްފައިވާ ކަމުގައެވެ.

”މާލޭ ސިޓީގެ މޭޔަރަކަށް ބޭނުންވަނީ ތަންފީޒު ކުރާނެ، ސިޓީ ކައުންސިލްތެރެ އިންތިޒާމުކޮށް މަސައްކަތުގެ ސްޕީޑް ރަގަޅު ކުރާނެ ފަރާތެއް. ޑރ. މުއިއްޒުގެ މޭޔަރުކަމުގައި މާލޭ ސިޓީ ކައުންސިލްގެ ހިންގުން އެތަށް ގުނައަކުން ވަނީ ހަލުވި ކޮށްފައި، އެ ހަލުވިކަން ދަމަހައްޓަން މިވަގުތަށް ގާނޫނުތައް ހުއްޖަތަކަށް ދެއްކޭކަށް ނެތްކަން ޑރ. މުއިއްޒުވެސް ވަނީ ހާމަކޮށްދީފައި.“ ސީޕީ ހުސައިން ވިދާޅުވިއެވެ.

ގާނޫނު ތަކަށް ބަދަލު ގެނެސް ކަންކަން ކުރަންވެއްޖެނަމަ ބައި އިލެކްޝަންސްގެ ދައުރުގެ ބާކީއޮތް 2 އަހަރާއި ބައި ހަމަވާނެކަން ފާހަގަކުރައްވައި ސީޕީ ހުސެއިން ވިދާޅުވީ އެބޭފުޅާ ނޫނިއްޔާ، މަސައްކަތްތައް ތަންފީޒު ކުރެވޭނެ މީހަކު މޭޔަރު ކަމަށް ކުރިމަތި ލާފައި ނުވާކަމުގައެވެ.

One Comment

  1. ތި މީހާގެ ކޮމިޟަނަރ ކަމުގަ މިރާއްޖޭގެ އެންމެބޮޑު ހިޔާނާތުގެ ކަންކަން ހިނގަމުން ދިޔައީ.. އެކަމު އެކަން ނުހުއްޓުވިތާނގަ އެކަމުން ނާޖާއިޒު ފައިދާ ނަގަމުންދިޔަ މީހަކު ކިހިނެއްތޯ ރައްޔިތުންނާ ގުޅުންހުރި ކަމެއްގަ އިޙްލާސްތެރިވާނީ.. ފެއިލްވެފަ ހުރި ނާގާބިލް މީހަކައް ރައްޔިތުން ފުރުސަތެއް ނުދޭނެކަން ޔަގީން..

Leave a Reply

Your email address will not be published. Required fields are marked *

Back to top button