ޚަބަރުސިޔާސީ

އަންހެނުންގެ ދުވަހު މޯލްޑިވް ގޭހުގެ ހީވާގި އަންހެން މުވައްޒަފުންނަށް މެނޭޖުމަންޓުގެ ފަރާތުން ހާއްސަ ހަފްލާއެއް!

ދުނިޔޭގެ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މޯލްޑިވް ގޭހުގެ ހީވާގި އަންހެން މުވައްޒަފުންނަށް ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.

މިހަފްލާ ފެށީ ކީރިތި ގުރުއާނުގެ ބަރަކާތުންނެވެ. އެއަށްފަހު ގައުމީ ސަލާން ހަފްލާގައި ވަނީ ޖަހާފައެވެ.

ގޭހުގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ މުހައްމަދު އާއި އެކުންފުނީގެ ހުރިހާ ފިރިހެން މުވައްޒަފުން ގުޅިގެން ރޭވި މި ހަރަކާތުގައި އެމްޑީގެ ހާއްސަ ސިޓީއެއް އަންހެން މުވައްޒަފުންނަށް ވަނީ އަރުވާފައެވެ. މީގެ އިތުރުން ފިރިހެން ބޭފުޅުންގެ ފަރާތުން ކޮންމެ ކަނބަލަކަށް ހާއްސަ ހަދިޔާއެއްވެސް ވަނީ ދީފައެވެ.

މި ހަފްލާގައި ގުރުއަތުން ހޮވުނު ކަނބަލަކަށްވެސް ހާއްސް އިނާމެއް ވަނީ އަރުވާފައެވެ.

މިފަހަކަށް އައިސް މޯލްޑިވް ގޭހުން އަންނަނީ މުވައްޒަފުންގެ އަގު އެކިގޮތްގޮތަށް ވަޒަންކުރުމުގެ ގޮތުން އެކި ކަހަލަ ހަފްލާތައް ބާއްވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button