ޚަބަރުސިޔާސީ

ބަރުލަމާނީ ނިޒާމާ އަޅުގަނޑު ދެކޮޅު: ރީކޯ މޫސަ

ބަރުލަމާނީ ނިޒާމާ ދެކޮޅުކަމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

މޫސަ ވިދާޅުވިގޮތުގައި ބަރުލަމާނީ ނިޒާމަކީ ވިރާސީ ރަސްކަމެއް ގޮތަށް ހިނގާ ނިޒާމެކެވެ. އަދި ރައްޔިތުންގެ ތެރޭގައި ބަރުލަމާނީ ނިޒާމަށް ތައިދެއް ނެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

”އަޅުގަނޑުމެން ބަރުލަމާނީ ހިފައިގެން ދިޔައިން، މިހީހުންނެއް ގަބޫލެއް ނުކުރި.“ މޫސަ ވިދާޅުވިއެވެ.

މޫސަ ހާމަކުރެއްވިގޮތުގައި މިހާރު ރައްޔިތުންގެ މަޖިލީހުން ފެނިގެން ދަނީ ބަރުލަމާނީ ނިޒާމެއްގެ ސިފަތަކެވެ. އަދި ދައުލަތުގެ ހުރިހާ ބާރަކަށް ”އަތް ބާނައިގެން“ މަސައްކަތް ކުރުމަކީ އޭނާ ތާއީދު ކުރައްވާ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިދާޅުވިއެވެ.

”ބަރުލަމާނީ ނިޒާމުގެ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މަޖިލީހުގެ މެންބަރުން ކުރާ ކަންތައްތަކަށް ރައްޔިތުން އިތުބާރު ނުކުރުން.“ މޫސަ ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ބަރުލާމާނީ ނިޒާމެއް ރާއްޖެއަށް ގެންނަން ބޭނުންފުޅުވާކަން ހާމަކުރައްވާފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ އެ ނިޒާމު ބޭނުން ނުވާކަމަށް ބުނަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button