
ދިޔަރެސް ނޫހުގެ ކޯ ފައުންޑަރު އަދި ނޫސްވެރިޔާ އަހުމަދު އަޒާން އަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސަ) އިންޒާރު ދީފިއެވެ.
އެމްޑީޕީގެ ޗެއާޕާސަން ކަން ވެސް ކުރެއްވި އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އާއި ގާތް ގުޅުމެއް އޮންނަ ރީކޯ މޫސަ އަޒާނަށް އިންޒާރު ދީފައިވަނީ ރަހާ ރިސޯޓުން ގައުމީ އެއާލައިން މޯލްޑިވިއަންއަށް 5 ލައްކަ ޑޮލަރު (7.7 މިލިއަން ރުފިޔާ) ނުދައްކާ އޮތް ކަމަަށް ދިޔަރެސް އިން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
ނޫސްވެރިޔާ އަޒާން ވަނީ އޭނާ އާއި މޫސަ އާއި ދެމެދު ހިނގި ފޯނު ކޯލް ރިކޯޑިން ޓުވީޓު ކޮށްފައެވެ.
މި އޯޑިއޯ 3،400 އަށް ވުރެ ގިނަ މީހުން އަޑު އަހާފައިވާއިރު، އޯޑިއޯގައި މޫސަ އަޒާނަށް މުހާތަބުކޮށް ރައްދު ދޭނެ ކަމަށާއި، ބޮޑުވަރުން ”ދޭނެ“ ކަމަށް ވިދާޅުވެއެވެ. އަދި އިންޒާރު ދިނީ ކީއްވެތޯ އަޒާން މޫސަ އާއި ސުވާލު ކުރުމުން އޭނާ ވިދާޅުވީ ނޫސްވެރިޔަކަށް އަޒާން ވުމަކީ އެހެން މީހުން ބަރަހަނާ ކުރަން ޖެހޭ ކަމެއް ނޫންކަމުގައެވެ. މޫސަ އާއި ޒާތީ އެއްވެސް ކަމެއް ނެތް ކަމަށާއި، މޫސަ ދައުލަތަށް ނުދައްކަވާ ހުރި ފައިސާގެ ވާހަކަ ދެއްކުމަކީ ޒާތީ ވުންތޯ އަޒާން އޭނާ އާއި ސުވާލު ކުރެއެވެ.
Raees @ibusolih ge bestfriend Moosa Manik @MaldivianAero ah faisaa nudhakaa vaahaka @DhiyaresNews in report kureema Moosanik alhugandah gulhafa mi bunanee dhen #IndiaOut harakaaiy ves kuriah nugendheveyne ey 😂😂😂 pic.twitter.com/Lof2SCrgG5
— Ahmed Azaan (@axanner) May 29, 2022
ޖަވާބުގައި މޫސަ ވިދާޅުވަނީ އެ ފައިސާ ދައްކާފައިވާ ކަމަށާއި، އޭނާގެ ވިޔަފާރީގައި ގިނަ ކަންކަން ކުރަން ޖެހިފައިވާ ކަމުގައެވެ. އެކަމަކު އެ ފައިސާ ނުދައްކާ ކަމަށް މޯލްޑިވިއަނާ ހަވާލާދީ އަޒާން ބުނުމުން މޫސަ ވަނީ މައުޟޫ ބަދަލު ކުރައްވައި އޭނާ ރައީސް ސޯލިހާ އެއްކޮށް އުޅުއްވާތީ އަޒާން އޭނާ ފަހަތުން ”އަޅުވައިގެން“ އުޅޭ ކަމަށް ވިދާޅުވެފައެވެ.
”ކަލޭ ހީކުރީ މަ ލަދު ގަންނާނެ ކަމަށްތަ. ވަރަށް ހަޔާތް ކުޑަވާނެ މަ. ދައްކަން ހުރި އެއްޗެއް މަ ދައްކާނަމޭ/ ބލއ*ނ. ކަލެއަކަށް ނުޖައްސާނަން އެ ދައްކާކަށް. ކަލެ ދެންމެ ދޮގޭ ތިހެދީ މަ އިންޒާރު ދިނޭ ކިޔާފަ. ކަލެއަކަށް އިންޑިއާ އައުޓް ހަރަކާތެއްވެސް ކުރިޔަކަށް ނުގެންދެވޭނެ ބޭނުންހާ ގޮތަކަށް.“ މޫސަ ވިދާޅުވިއެވެ.
ޖަވާބުގައި އަޒާން ބުނީ އިންޒާރެއް ނޫނޭ ބުނެ ކޮންމެ ފަދަ އެއްޗެއް ބުންޏަސް އެކަން އިންޒާރަކަށް ނުވާނެ އެއްވެސް ގޮތެއް ނޯންނާނެކަމުގައެވެ. އަދި އިންޑިއާ އައުޓު ހަރަކާތްވެސް ކުރިޔަށް ގެންދާނެ ކަމަށާއި، މޫސަ އެހެން މީހަކަށް ގުޅާފަ ”ފުއްޕުމަށް“ އަޒާން ބުންޏެވެ.
”އަދިވެސް ލިޔާނަން. އިންޑިއާ އައުޓުވެސް ގޮވާނަން. މޫސަ ދައުލަތުގެ ކުންފުނިތަކަށް ފައިސާ ނުދައްކާ އޮތިއްޔާ އެ ވާހަކަވެސް ލިޔާނަން. ތިހެން އަޑުގަދަކޮށްގެން މޮޅުވި ޒަމާން ހިނގައްޖެ. މި ޒަމާނުގެ ތިހެން އަޑު ގަދަ ކުރިޔަސް ބިރެއް ނުގަންނާނެ.“ އަޒާން ބުންޏެވެ.
ދިޔަރެސް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މޫސަގެ ރަހާ ރިސޯޓުގެ އިތުރުން ބްރެނިއާ ކޮއްޓެފަރު ރިސޯޓާއި ކިހާ ރިސޯޓުންވެސް ގައުމީ އެއާލައިނަށް ފައިސާ ނުދައްކާ އެބަހުއްޓެވެ.
ދިޔަރެސްގެ މި ހަބަރާ ގުޅިގެން އެކަމުގެ ބަދަލު ފެންނާނެކަމަށް ވިދާޅުވެ މޫސަ ވަނީ އެ ނޫހަށާއި އަޒާނަށް އިންޒާރު ދީފައެވެ.
އަހުރެން ދެކޭ ގޮތުގައި މޫސަ ކިތަންމެ ވަރަކަށް ފުއްޕިޔަސް އަޒާނަކީ ނޫސްވެރިއަކަށް ވުމުން ޕްރޮފެޝަނަލިޒަމް ހިފަހައްޓަންޖެހޭ. މޫސައެކޭ އެއް ހަމައަކުން އަޒާނުވެސް ފުއްޕާފަ ބެވީމަ އެއީ ހަގީގީ ނޫސްވެރިއެއް ކަމަށް ބަލައެއް ނުގަނެވޭ. މީހެއް ވިއްޔާ ގޮތެއް ހުންނަންވާނެ. އަޒާނަކީ ސިޔާސީ މަންފާއަށް ޔާމީނު ދޮންކުރަމުން އަންނަ ޕަޕެޓެއް
ޔާމީނު އަށްވެސްފުއްޕާގެން އުޅުންޒަމާންގޮސްފި
ފުއްޕުމުގާ ބަލާނެކަމެއްނެތް ހަމަފުއްޕަނވީ ފުއްޕަންވާނީ ރައްޔިތުންގެ ފައިސާކޮލު ދައްކާފަދޯ
Saabahai azaan
Very good reporter keep it up
Moosa is bulshit good work Azaan