ޚަބަރުސިޔާސީ

އެމެރިކާ ރާއްޖެ މަޝްވަރާ: ރައީސްގެ އެންމެ ބޮޑު އުންމީދަކީ އިޒްރެއިލުން ފަލަސްތީނަށް ދޭ ހަމަލާތައް ނިމުމަކަށް ގެނައުން!

ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ފަލަސްތީނުގެ ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތައް ވަގުތުން ހުއްޓައިލާނެކަމަށް އުންމީދުކުރައްވާކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އެމެރިކާގެ އެސިސްޓެންޓް ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ސައުތު އޭޝިއާ އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒް، ޑޮނާލްޑް ލޫއާ ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މިއަދު ކުރެއްވި މަޝްވަރާގައެވެ. އެގޮތުން ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާންމަސްކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ހަމަލާތަށް ހުއްޓާލުމަކީ އެމަނިކުފާނު އެންމެ އުންމީދުކުރައްވާ ގޮތް ކަން ހާމަކުރައްވާފައެވެ.

ލޫ، ރައީސްގެ އަރިހަށް ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައި، އެމަނިކުފާނު ވަނީ ރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަޝްވަރާކުރައްވާފައެވެ.

އެ ބައްދަލުވުމުގައި ލޫ ވިދާޅުވީ، ވިޔަފާރިއާއި އިގްތިސާދީ ތަރައްގީއާއި، ފަތުރުވެރިކަމުގެ ދާއިރާގެ އިތުރުން އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަމުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށް އެމެރިކާއިން ޝައުގުވެރިވާކަމުގައެވެ. އެކަމަށް ރައީސް މުއިއްޒު ވަނީ މަރުހަބާ ދަންނަވައި ރާއްޖޭގެ ކުރިއެރުމަށް އަބަދުވެސް ޖާގަ ފުޅާކުރައްވާނެކަން ހާމަކުރައްވާފައެވެ.

ޣައްޒާގެ މައްސަލައިގައި ރައީސް ވިދާޅުވީ، ފަލަސްތީނަށް ދެމެހެއްޓެނެވި ސުލްހައެއް ގާއިމްކުރެވޭނީ، އެގައުމުގެ ދައުލަތެއް ގާއިމުކުރެވިގެންކަމުގައެވެ. މި މައްސަލައަށް ދާއިމީ ހައްލެއް ހޯދެން އޮތީ ބައިނަލްއަގްވާމީ ގޮތުން ގަބޫލުކުރާ ދެދައުލަތެއް ގާއިމުކޮށް، 1967 ވަނަ އަހަރުގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ކަނޑައަޅައި، އަދި ފަލަސްތީނަކީ ސިޔާދަތީ އަދި މިނިވަން ދައުލަތެއްގެ ގޮތުގައި ގާއިމުކޮށްގެން ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ލޫވަނީ ނިމިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މުއިއްޒު ހޯއްދެވި ކާމިޔާބީއަށް މަރުހަބާ ދަންނަވައި، ވެރިކަމުގެ ފުރަތަމަ ދުވަސްކޮޅުގެ ތެރޭގައި އަޅުއްވާފައިވާ ޑިމޮކްރެޓިކް ފިޔަވަޅުތަކަކީ ދެކުނު އޭޝިޔާއާއި މުޅި ދުނިޔެއަށްވެސް ނަމޫނާއެއްކަން ފާހަގަކުރައްވާފައެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button