ޚަބަރުސިޔާސީ

ފަންނިއްޔާތުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރާ ގައުމީ ހަރަކާތަށް ބޮޑު އެހީތެރިކަމެއް އެބަލިބޭ: އަސްވާޑް

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ހަފްތާ 14 ގައި ހިމެނޭ، ފަންނިއްޔާތުގެ ދާއިރާގައި އަންހެނުންގެ ދައުރު ފުޅާކުރާމުގެ ގޮތުން ހިންގަން ފެށުނު ގައުމީ ހަރަކާތަށް ބޮޑު އެހީތެރިކަމެއް ލިބެމުންދާކަމަށް ޒުވާނުން ބާރުވެރިކުރުމާއ،ި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޔޫތު ހެކަތަން އިފްތިތާހުކުރުމަށް އެ ވުޒާރާއިން މިއަދު ހެނދުނުު 10:00 ގައި ނޭޝަނަލް އާޓް ގެލެރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އަސްވާޑު ވިދާޅުވީ ދާދިފަހުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ޒުވާނުން ފަންނީ މަސައްކަތްތަކަށް އަހުލުވެރިކޮށް ހިންގުނު ހަރަކާތެއް ޝަރަފްވެރިކޮށްދެއްވަން ޖެހިވަޑައިގަތުމުން އެކަން ފާހަގަކުރެވިގެންދިޔަ ކަމުގައެވެ.

”ކޯސްތަކެއް ހިންގައި އެކަން ކުރިއަށް ގެންދިޔައިރު، އަޅުގަނޑަށް މައުލޫމާތު ލިބުނުއިރު އެބޭފުޅުން އޭގެ ތިންވަނަ ޕްރޮގްރާމް ކުރިއަށް އެ ގެންދަނީ. އޭގެ ތެރެއިންވެސް އަޅުގަނޑަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޒުވާން އަންހެން ބޭފުޅުން އެ ކޯސްތައް ނިންމައި، ސެޓްފިކެޓް ލިބިގެން ދިއުން.“ މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން ދުނިޔޭގެ ބާޒާރުގައި ޒުވާނުންގެ ހުނަރު ކުރިއަރުވައި، ފްރީލާންސްކޮށް މަސައްކަތް ކުރެވޭނެ މަގު ފަހިކޮށްދިނުމާއި، ހާއްސަކޮށް އަންހެން ބޭފުޅުން ތަމްރީންކޮށް، އެ ވުޒާރާގެ އެއް މެންޑޭޓުކަމުގައިވާ ޒުވާން ފިރިހެނުނާއި، އަންހެނުން ވަޒީފާތަކަށް އަހުލުވެރިކުރުވުމުގެ ބިޔަ ހަރަކާތް ކުރިއަށް ގެންދިއުމުގައި ސަރުކާރުގެ އެކި ވުޒާރާތަކާއި ކުންފުނިތަކުން ކުރައްވާ މަސައްކަތަށް މިނިސްޓަރ އަސްވާޑު ވަނީ ޝުކުރު ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button