ޚަބަރު

އެސްއީޒެޑަށް އިންވެސްޓު ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 1.5 ބިލިއަން ރުފިޔާކަމަށް ކަނޑައަޅައިފި

ރާއްޖޭގެ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ތަކަށް އިންވެސްޓުކުރަން ބޭނުންވާ ފަރާތްތަކަށް، އިންވެސްޓު ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން ޑޮލަރު ނުވަތަ 1.5 ބިލިއަން ރުފިޔާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ކޮންމެ އަހަރުކުވެސް ޢިއުލާންކުރާ އެސްޑީޒެޑްގެ އިންވެސްޓްމެންޓު ރޭޓުގެ ގަރާރު ޢިއުލާން ކުރައްވާ ރައީސް ޑރ. މުއިއްޒު ކަނޑައެޅުއްވީ، މިއަހަރުގެ އެސްޑީޒެޑަށް އިންވެސްޓު ކުރެވޭނެ އެންމެ ކުޑަ މިންވަރަކީ 100 މިލިއަން އެމެރިކާ ޑޮލަރުކަމުގައެވެ.

އެގޮތުން އެސްއީޒެޑުގައި ހިންގޭނެކަމަށް ރައީސް ފާހަގަ ކުރައްވާފައިވަނީ ޖުމްލަ 9 ބާވަތެއްގެ އިންވެސްޓުމެންޓެވެ.

  1. އެކްސްޕޯޓު ކުރުމަށް އިސްކަންދީގެން ހިންގާ މެނިފެކްޗަރިންގެ މަސައްކަތްތައް
  2. އިންޓަނޭޝަނަލް ފައިނޭންޝަލް ސަވިސަސް އަދި އިންޓަނޭޝަނަލް ޓްރޭޑް ސެންޓަރުތައް
  3. ރިނިއުވަބަލް އެނާޖީގެ ދާއިރާތައް
  4. ޓްރާންޝިޕްމަންޓް ޕޯޓް، އިންޓަނޭޝަނަލް ލޮޖިސްޓިކްސް، ޕޯޓް، އެއާޕޯޓް، ބަލްކް ބެރޭކިންގް، ބަންކަރިން، ޑޮކިންގް ސާވިސަސް
  5. ފުޑް ސެކިއުރިޓީގެ ދާއިރާ
  6. ޔުނިވާސިޓީ، ޓާޝަރީ ހޮސްޕިޓަލް، ސުޕާ ސްޕެޝަލިޓީ ހޮސްޕިޓަލް، ދުނިޔޭގެ ފެންވަރުގެ ރިސާޗް އެންޑް ޑިވެލޮޕްމަންޓް މަރުކަޒުތައް
  7. ގޭސް އެކްސްޕްލޮރޭޝަންގެ މަސައްކަތްތައް
  8. ދުނިޔޭގެ ފެންވަރުގެ އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޕާކް އަދި އައިސީޓީއާ ގުޅޭ ފެސިލިޓީތައް

ރައީސްގެ ޤަރާރުގައި ބަޔާންކޮށްފައިވާ ގޮތުން މާލީ ދާއިރާ ފިޔަވައި އިތުރު ދާއިރާތަކަށް އިންވެސްޓުކުރަން ހުށަހަޅާ ހުށަހެޅުންތަކުގެ އަގުކަމަށް ބަލާނީ އިންވެސްޓުމެންޓު ޤާއިމުކުރުމަށް ހިނގާނެ ޚަރަދުގެ ގޮތުގައި އިންވެސްޓަރު ހުށަހަޅާފައި އޮންނަ އެންމެ ކުޑަ ފިކްސްޑް އިންވެސްޓުމެންޓުގެ އަދަދެވެ.

މާލީ ދާއިރާއިން އިންވެސްޓުކުރުމަށް ހުށަހަޅާ އަގުކަމަށް ބަލާނީ އިންވެސްޓުމެންޓު ޤާއިމުކުރުމަށް ހިނގާ ފިކްސްޑް އިންވެސްޓުގެ އިތުރަށް، މާލީ ޚިދުމަތް ފެށުމަށް އިންވެސްޓަރު ކުރަންޖެހޭ ކެޕިޓަލް އިންވެސްޓުމެންޓުގައި ވެސް ހިމެނޭ ޖުމްލަ ޚަރަދެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button