ޚަބަރު

ފިއުލް ޕަމްޕް ސްޓޭޝަން ރީލޮކޭޓްކުރުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނުމަގު ސަރަހައްދުގައި ހުރި ފިއުލް ޕަމްޕް ސްޓޭޝަން ރީލޮކޭޓްކުރުމުގެ މަސައްކަތް ސްޓެލްކޯއިން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.
،
ސްޓެލްކޯއާއި އެމްޓީސީސީއިން ވަނީ މަސައްކަތާ ގުޅޭ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. ސްޓެލްކޯއިން ބުނީ އީޕީއޭގެ ހުއްދަ ލިބުމާއެކު މަސައްކަތް ފަށައި 60 ދުވަހުގެ ތެރޭގައި މި މަސައްކަތް ނިންމާލެވި ރައްޔިތުންނަށް އެކަމުގެ ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ ރައްޔިތުންގެ ވިންދާ އެއްގޮތަށް ބައްޓަންކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކުގެ ތެރެއިން ރައްޔިތުންނަށް އުނދަގުލަކަށް ނުވަތަ ތަކުލީފަކަށް ވާގޮތަށް ހުރި ސްޓެލްކޯއާއި ގުޅުންހުރި ހުރިހާ ކަމެއް މި މަސައްކަތާއެކު ހައްލު ކުރެވިގެންދާނެ ކަމަށެވެ.

“ރައްޔިތުންގެ ކަންބޮޑުވުންތަކުގެ ގޮތުގައި ފާހަގަ ކުރެވޭ ބޮޑުތަކުރުފާނު މަގުގެ ބަޔަކަށް އަރާގޮތަށް ބަހައްޓާފައިވާ ފިއުލް ޕަމްޕް ސްޓޭޝަން ރީލޮކޭޓްކުރުމުގެ މަސައްކަތާއި، މިހާރު މަސައްކަތް ކުރަމުން މިދާ ދޮންއަދަރާދަ ހިނގުން ހުޅުވާލެވި، މި ސަރަހައްދުން ދަތުރުފަތުރުކުރާ ފަރާތްތަކަށް އެކަމުގެ ލުއި ފަސޭހަތައް ލިބިގެންދާނެ.“ ފަހުމީ ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button