2024 ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ޕީޕީއެމް ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓުން އިންތިޚާބު ކުރުމަށް ބާއްވާ ޕްރައިމަރީގައި ވޯޓު ދިނުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޕީޕީއެމް ޕީއެންސީން ކުރި އިއުލާނެއްގައި ބުނެފައިވަނީ ޖަނަވަރީ 27ގައި ޕްރައިމަރީ ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށާއި މި ޕްރައިމަރީގައި ވޯޓު ލެވޭ އެ ކޯލިޝަންގެ މެންބަރުންގެ ލިސްޓް ޕީއެންސީގެ (www.pnc.mv) ވެބްސައިޓްގައި އާންމު ކޮށްފައިވާކަމަށެވެ.
ވޯޓު ލެވޭ މީހުންގެ ލިސްޓުގައި އެއްވެސް މައްސަލައެއް ފާހަގަކުރެވިފައިވާނަމަ މައްސަލައިގެ ތަފްސީލާއެކު ލިޔުމުން މި މަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ އިރުއޮއްސި 6:00 ގެ ކުރިން ޕީއެންސީ އޮފީސް (ސީ ޓްރެކް ބިލްޑިންގ 7 ވަނަ ފަންގިފިލާ) އަށް ނުވަތަ registrar@pnc.mv އަށް ފޮނުއްވައި ދިނުމަށް ވަނީ އެދިފައެވެ.
މި ތާރީޚުގެ ފަހުން ފޮނުވާ އެއްވެސް ޝަކުވާއެއް ބަލައިނުގަނެވޭނެ ކަމަށް ޕީޕީއެމް ޕީއެންސީން ވަނީ ބުނެފައެވެ.