ޚަބަރުސިޔާސީ

ސްޓެލްކޯއިން ދޫނިދޫ ކަސްޓޯޑިއަލްގެ ކަރަންޓު ވިޔުގަ އަޕްގްރޭޑް ކުރަނީ

ސްޓެލްކޯއިން ދޫނިދޫ ކަސްޓޯޑިއަލްގެ ކަރަންޓު ވިޔުގަ އަޕްގްރޭޑް ކުރުމުގެ ތައްޔާރީތައްވާން ފަށައިފިއެވެ.

ދޫނިދޫ ކަސްޓޯޑިއަލް ގެ ކަރަންޓު ވިޔުގަ އަޕްގްރޭޑް ކުރަން ޖެހޭކަމަށް ދެކޭތީ ފުލުހުންގެ ހިދުމަތުގެ އިސްވެރިންނާއި ސްޓެލްކޯގެ އިސްވެރިން ވަނީ ބައްދަލުވުމެއް ބާއްވާފައެވެ.

 

ސްޓެލްކޯގެ އިދާރާގައި ސްޓެލްކޯއާއި، ފުލުހުންނާއި އެކު ބޭއްވުނު ބައްދަލުވުމުގައި ދޫނިދޫ ކަސްޓޯޑިއަލް ގެ ކަރަންޓު ވިޔުގަ އަޕްގްރޭޑް ކުރުމާއި އަދި އެނޫންވެސް ކަންކަމާއި މެދު މަޝްވަރާކޮށްފައިވެއެވެ. އެގޮތުން، އެ ކަސްޓޯޑިއަލްގެ ދޫނިދޫގެ ޕަވަރ ސިސްޓަމް އެސެސްމަންޓެއް ހެދުމާއި، ޕަވަރ ސިސްޓަމް އަޕްގްރޭޑުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާކަމަށް ސްޓެލްކޯއިން އެކްސްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވެއެވެ.

އަދި މީގެ އިތުރުން، ކަރަންޓު ކެނޑިފަ ހުންނަ ހާލަތްތަކުގައި ސްޓެލްކޯއާއި ފުލުހުންނާއި ދެމެދު މައުލޫމާތު ބަދަލުކުރެވޭނެ ނިޒާމެއް ގާއިމް ކުރުމަކީ މުހިއްމު ކަމެއްކަން ފާހަގަކޮށް އެކަން ކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ އިންޖިނިއަރުންގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ސްޓެލްކޯއިން ޖޮބް އެޓޭޗްމަންޓް ޓްރެއިނިންގ ދިނުމާއި ގުޅޭގޮތުން ވެސް މި ބައްދަލުުވުމުގައި މަޝްވަރާކޮށްފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button