ޚަބަރުސިޔާސީ

މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ ފަރާތްތަކުގެ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ފޯމު ހުށައެޅުމަށް އީސީން އެދިއްޖެ

2024 ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަންޖެހޭ ކުށުގެ ރެކޯޑާއި ދަރަނީގެ ރެކޯޑު ފޯމާއި، އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ ބޭންކް އެކައުންޓް ހުޅުވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން އެދިއްޖެއެވެ.

އީސީން ނިންމާފައިވަނީ އަންނަ މާޗް 17 ވަނަ ދުވަހު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު ބޭއްވުމަށެވެ. އަދި މި މަހުގެ 31 އިން ފެށިގެން ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަން ވަނީ ނިންމާފައެވެ.

އީސީގެ އިއުލާންގައި ވާގޮތުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން އިންތިހާބަށް ކުރިމަތިލުމަށް އެދި ހުށަހަޅަން ޖެހޭ ތަކެތީގެ ތެރޭގައި ހިމެނޭ ކުށާއި ދަރަނީގެ ރިކޯޑް ފޯމާއި އިންތިހާބަށް ހާއްސަކޮށްގެން ހުޅުވާ ބޭންކް އެކައުންޓް ހުޅުވުމުގެ ފުރުސަތު ދުރާލާ ކެންޑިޑޭޓުންނަށް ދިނުމަށް ބޭނުންވެއެވެ.

ޑިސެންބަރު 14 ގެ ފަހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުންނާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސް އިން ފުރިހަމަކޮށްފައިވާ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާން އެދޭ މީހާއާއި އޭނާގެ ރަސްމީ އިންތިހާބީ އޭޖެންޓްގެ ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރި ފޯމު ބަލައިގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް އެ އިއުލާނުގައިވެއެވެ.

”ވީމާ، އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އިސްވެ ދެންނެވިފައިވާ ގޮތަށް، ކުށާއި ދަރަނީގެ ރެކޯޑު ދުރާލާ ސާފުކުރުމުގެ ކަންކަން ކުރިޔަށް ގެންދިޔުމަށާއި، އިންތިހާބަށް ކުރިމަތިލުމަށް އެދޭމީހުން އިންތިހާބަށް ހާއްސަ ބޭންކް އެކައުންޓް ހުޅުވުމުގެ ކަންކަން މިއަދުން ފެށިގެން ކުރިޔަށް ގެންދިޔުމަށް ވެސް ދަންނަވަމެވެ.“ އީސީގެ އިއުލާންގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button