ޚަބަރު

އީޕީއޭ އަކީ އެފްކޮންސްގެ ޑިޕާޓްމެންޓެއް ނޫން: ސައީދު

އީޕީއޭ އަކީ އެފްކޮންސްގެ ޑިޕާޓްމެންޓެއް ނޫން ކަމަށް މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

މެމްބަރ ސައީދު މިހެން ވިދާޅުވީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ވިލިމާލޭ ފަރަށް ތިލަމާލެ ބްރިޖު ޕްލެޓްފޯމް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތައް ދިރާސާ ކުރަން ނުފެށޭ ކަމަށް، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ހާމަކުރުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ.

ސައީދު ވިދާޅުވީ އީޕީއޭ އަކީ އެފްކޯންގެ ޑިޕާރޓުމެންޓެއް ނޫން ކަމަށާއި, ޤާނޫނީ ޒިންމާއެއް އޮތްކަމެއްގައި ސަރުކާރުގެ ނުފޫޒު އިސްކުރަން ނުޖެހޭ ކަމުގައެވެ. އަދި ރިސޯޓެއް ނުވަތަ އާންމު ފަރުދަކު ގޮނޑުދޮށުން ވެލިމުށެއް ނެގިޔަސް ގައުމު ހުއްޓުމަކަށް ގެންނަ ބަޔަކަށް އެ މައްސަލަ ފެންމަތިވުމުން މިހާގިނަ ހުއްޖަތް ދައްކަނީ ކީއްވެތޯ ސްއީދު ސުވާލު ކުރެއްވިއެވެ.

މިމައްސަލައާ ގުޅޭ ގޮތުން ސައީދުގެ ފާޑުކިޔުން އަމާޒު ކުރައްވާފައި މިވަނީ މީސްމީޑިޔާގައި އާންމު ފަރުދުން ހިތްހަމަނުޖެހިގެން ތަފާތު އެތައް ވާހަކަތަކެއް ދައްކައި, ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

ބުރިޖު ޕްލެޓްފޯމް ފަރަށް އެރުމުގެ ސަބަބުން ވިލިމާލެ ފަރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button