ޚަބަރުސިޔާސީ

އެތަކެއް ހަރަދެއް ކޮށްގެން އެންމެ ފަހުން މި ހުޅުވީ ޓިނު ސްކޫލެއް: ޑރ.ޖަމީލް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން ބޮޑު ހަރަދެއް ކޮށްގެން ހުޅުވީ ޓިނު ސްލޫލެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ފޭސް 2ގެ ފުރަތަމަ ސުކޫލު, އަހުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލު ގައި ކިޔެވުން ފަށައި، ސްކޫލް ރަސްމީކޮށް މިއަދު ހުޅުވުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޑރ.ޖަމީލް ވިދާޅުވީ ދަރިވަރުންނަށް ހަދިޔާއަކަށް ލިބުނީ ޓިނު ސްކޫލެއް ކަމުގައެވެ.

”.މިފެންނަނީ ރައީސް ސޯލިހާއި އެމްޑީޕީގެ ވިސްނުމުގެ ފެންވަރު.“ ޖަމީލު ވިދާޅުވިއެވެ.

ޖަމީލް ފާހަގަކުރެއްވިގޮތުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ބިނާ ކުރި ހިޔާ ފްލެޓްތައް، ނުވަތަ އަދުގެ ސަރުކާރުގެ ބަހުން ނަމަ، ކޮތަރުކޮށި’ އަދިވެސް ފެންނަނީ ވަރަށް ޒަމާނީ އަދި ޗާލުތަނެއްގެ ގޮތުގައެވެ.

އެމަނިކުފާނު ވިދާޅުވީ އަދުގެ ހާލަތު ބަދަލުވާނީ 2023 ގައި ރައީސް ސޯލިހުގެ ވެރިކަން ބަދަލު ކޮށްގެން ކަމުގައެވެ. 824 ކުދިންނާއި އެކު ފެށި މިޕްރައިމަރީ ސްކޫލު ރަސްމީކޮށް މިއަދު ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެނގިފައިވާގޮތުގައި އެތަން ހެދުމަށް 23 މިލިއަން ރުފިޔާ ހަރަދު ކުރިއެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 6 އާ ހަމައަށް ކިޔަވައިދޭ މި ސްކޫލު ޑިޒައިންކުރީ އެޗްޑީސީންނެވެ. އެ މަސައްކަތް މިދިޔަ މާޗު މަހު، އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ 165 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button