ރައީސް ޑރ.މުޙައްމަދު މުޢިއްޒު، ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމް އާއި ކުރީގެ ރައީސް ޑރ.މުހައްމަދު ވަހީދު ޙަސަން މަނިކު އާއި ބައްދަލުކުރައްވައިފިއެވެ.
ރައީސް މުއިއްޒު، އީސް މައުމޫނާއި އިއްޔެ ބައްދަލު ކުރެއްވިއިރު، އެމަނިކުފާނު ރައީސް ވަހީދު އާއި ބައްދަލު ކުރެއްވީ މިއަދުގެ ވަގުތެއްގައެވެ.
މި ބައްދަލުކުރެއްވުމުގައި ޤައުމުގެ އިޖުތިމާޢީ އަދި ސިޔާސީ ކަންކަމާ ގުޅޭގޮތުން ރައީސް މުއިއްޒު ވަނީ އެދެބޭފުޅުންނާ މަޝްވަރާ ކުރައްވާފައެވެ. މީގެ އިތުރުން ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކާއި ޤައުމާއި ރައްޔިތުންގެ ލާބައަށް ކުރެވޭ އެހެން މަސައްކަތްތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވިއެވެ.