
ރާއްޑީސީން ސިއްރުކުރި އެއްބަސްވުންތައް ފޮރުވާފައި އޮތަސް ހޯދާނެކަމަށް މާލެ ސިޓީގެ ކޮންސަލްޓަންޓް އަހްމަދު މަމްދޫހް (މަންޑޭ) ވިދާޅުވެއްޖެއެވެ.
މަންޑޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާރްޑީސީން ހިންގާފައިވާ ވައްކަމުގެ ތަފްސީލް ހާމަވާނެ ކަމަށާއި ޤަވްމީ ސަލާމަތައް ނުރައްކާވެދާނެތީ ހާމަކުރަން ދެކޮޅުހެދި، އަމީނީމަގުގެ މަސައްކަތުގެ އެގްރީމެންޓް ކޮންމެތާކު ފޮރުވާފައި އޮތަސް އެވެސް ހޯދާނެ ކަމަށެވެ.
މަންޑޭ މިހެން ވިދާޅުވީ މޫކޭ ކުރެއްވި ޓްވީޓެއް ރީޓްވީޓް ކުރައްވަމުންނެވެ.
”އަޅުގަނޑު ފިލައިގެން ފުރައިގެން ދާންޖެހޭ ސަބަބެއް ނޯންނާނެ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގަ ތިޖޫރީ އާއި 13 މިލިއަނަށް ވީގޮތް ބެލުމުގެ ފުރުސަތު މިހާރުގެ އިދިކޮޅަށް ލިބޭނެ، ޔަޤީނުންވެސް ވައްކަމެއް ކޮށްފަ އޮވެގެން ލެވޭނެ ޖަލެއް ނުހުންނާނެ.“ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މޫކޭ ވިދާޅުވިއެވެ.
މޫކޭ މިހެން ވިދާޅުވީ އިންތިގާލީ މަރުހަލާގައި މި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިން ފުރުން މަނާކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ޔާމީންގެ އިސް ވަކީލު ޑރ. މުހައްމަދު ޖަމީލު ވިދާޅުވުމާއި ގުޅިގެންނެެވެ.