ޚަބަރުސިޔާސީ

ޖަލުގައި ހޭދަކުރި ހިތްދަތިކަން އިހުސާސެއް ނުކުރެވޭނެ: ޔާމިން

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހޭދަކުރެއްވި ފަސް އަހަރު ދުވަހުގެ ހިތްދަތިކަން ރާއްޖޭގެ އެއްވެސް ސިޔާސީ ލީޑަރަކަށް އިހުސާސެއް ނުކުރެއްވޭނެކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް ޔާމިން މިހެން ވިދާޅުވެފައިވަނީ ރޭ ބޭއްވުނު ޕީޕީއެމް ޕީއެންސީ ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލުގައި ހޭދަ ކުރެއްވި ފަސް އަހަރު ދުވަހަކީ އެއްވެސް މީހަކަށް އެކަމުގައި ހުރި ހިތްދަތިކަމާއި ތަހައްމަލުކުރި ވޭން އިހުސާސްކުރެވޭނެ ކަމެއް ނޫން ކަމުގައާއި އެމަނިކުފާނު އިންނަވާ އެއްވެސް ޖަލްސާއެއްގައި އެއްވެސް ބޭފުޅަކު އެހެން ވިދާޅު ނުވުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

”ޖަލުގައި ހޭދަކުރި ދުވަސްތަކުގެ ހިތްދަތިކަމާއި ހިތާމައިގައި ބައިވެރިވުމާއި، އެ އިހުސާސް އަމިއްލައަށް ކުރެވުން އެއީ މުޅިން ތަފާތު ދެ ކަމެއް، އެ އިހުސާސްތަކުގައި ބައިވެރިވާ ކަމަށް ބުނެފި ނަމަ އެކަން ގަބޫލުކުރެވިދާނެ. ނަމަވެސް އެ އިހުސާސެއް ނުކުރެވޭނެ. ނުކުރެވޭނެ“ ރައީސް ޔާމިން ތަކުރާރުކޮށް ވިދާޅުވިއެވެ.

ޖަލުގައި ދެ ދުވަސް ވެސް ހޭދަ ކުރަން ދަތިވެ، އެކަން ނުކުރެވި ތިބި އެތައް ސިޔާސީ ލީޑަރުންނެއް ތިބިކަމާއި، ދުލި ދޫކޮށް ބޭރަށް ވަޑައިގަންނަވަން ޖެހޭ ހާލަތްތަކާއި، އެ އިރަކު ހުންނަވާ ސިޔާސީ ލީޑަރެއްގެ އިހުސާންތެރިކަމުން ޖަލުގައި ހުންނަން ނުޖެހޭ ހާލަތްތަކުގައި ތިބި ސިޔާސީ މީހުން ތިބިކަން ފާހަގަ ކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button