
ޕީޕީއެމް ޕީއެންސީގެ ރައީސް، ރައީސް ޔާމީން އަބްދުލް ގައްޔޫމް ރަށު ބަންދަށް ބަދަލުކުރެއްވުމަށްފަހު ބޭއްވުނު ފުރަތަމަ ޖަގަހަ ޖަލްސާ ބާއްވައިފިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ސިފައިން މިރާއްޖޭގައި ތިބީ ރާއްޖޭގެ ގާނޫނާ ޚިލާފަށް ކަމަށާއި އިންޑިއާ ސިފައިން މިގައުމުން ފައިބަން ޖެހޭކަމަށެވެ.
”އެމްޑީޕީ ސަރުކާރު ބަދަލުވުމުގެ އެންމެ މައިގަނޑު ސަބަބަކީ ދިވެހިރާއްޖޭގައި އިންޑިއާ ސިފައިން ތިބެން ދިވެހިން ނޭދޭތީ“ ރައީސް ޔާމީން ވިދާޅުވިއެވެ. ”އިންޑިއާ ސިފައިންގެ އެންމެ ބޫޓުކިބައެއް ވެސް މިގައުމުގައި ހުރެގެން ނުވާނެ“ ކަމަށް ރައީސް ޔާމިން ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.