ޚަބަރުސިޔާސީ

ބަތްކައްކާ ނުކުޅޭނަން، މި ތިބީ ރައްޔިތުންގެ ހައްގުގައި: ރައީސް ޔާމިން

ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއަށްފަހު ނޫސްވެރިޔަކު ވަނީ ރައީސް ޔާމީން އަރިހުން ދެ ކަމަކާމެދު ސުވާލުކޮށްފައެވެ.

ނޫސްވެރިޔާ މި ސުވާލު އަމާޒު ކުރައްވާފައިވަނީ ރޭ ޖަލްސާގައި ރައީސް ޔާމީނު ވާހަކަފުޅު ދައްކަވަމުން އަލިއަޅުވާލެއްވި ދެ ކަމެއްގެ މަައްޗަށެވެ. އެއީ، އިންތިޚާބީ ރައީސަށް ކުރިމަތިވެ ވަޑައިގަންނަވާނެ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖެއިން ގެއްލުނު ކަނޑުގެ ސަރަހައްދު އިއާދަކުރުމާއި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމެެވެ. އިތުރު އެހެން އެއްވެސް ކަމެއް ނުކުރެއްވުނު ކަމުގައިވީނަމަވެސް މި ދެ ކަންތައް ކުރައްވައިފިނަމަ އިންތިހާބީ ސަރުކާރަށް ’އޭ‘ ފާސް ދެއްވާނެ ކަމަށްް ވިދާޅުވި ވިދާޅުވުމެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމާއި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ފެއިލް ވެއްޖެނަމަ އިންތިހާބީ ސަރުކާރާ ދެކޮޅަށް ރައީސް ޔާމީން ނިކުމެވަޑައިގަންނަވާނަންތޯ އައްސަވާ ކުރެއްވި ސުވާލަށް ރައީސް ޔާމިން ވަނީ ދިވެހި ރައްޔިތުންނަށް އުއްމީދީ ޖަވާބެއް ދެއްވާފައެވެ.

އެ ސުވާލުގެ ޖަވާބުގައި ރައީސް ޔާމީން ވިދާޅުވީ އިންތިޚާބީ ރައީސް ޑރ.މުޢިއްޒު ފެއިލުވުމާ ގުޅޭ ސުވާލެއް ނުކުރެވޭނެ ކަމަށެވެ. އެކަމާމެދު ސުވާލުކުރަންޖެހޭނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާ ކަމަށެވެ. އަދި އެ ސުވާލު އެމަނިކުފާނާ ކުރުމަކީ ޤައުމަށްޓަކައި ނޫސްވެރިން އަދާކުރަންޖެހޭ ޒިންމާއެއް ކަމުގައެވެ.

”ކާކު ބުނީ ފާސްނުވާނޭ. ނޫސްވެރިން ތިސުވާލުނުކުރޭ، އަހަރެން މި ހުރީ ފާސް ކުރުވަން. ތި ސުވާލު ކުރޭ މިހާރު ހުރި ރައީސްއާ، އަހަރެމެންގެ ރައީސަށް އެއޮތީ ބޮޑު ޒިންމާއެއް. އެއީ މިހާރު ހުރި ރައީސް ހެދި ގޯހުން. އެހެންވީމާ މިހާރު ހުރި ރައީސްއާ އެ ސުވާލުކުރޭ“ ނޫސްވެރިޔާ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނު ބަތްކައްކާ ނުކުޅުއްވާނެ ކަމަށާއި، އެމަނިކުފާނު އަދި އިންތިހާބީ ސަރުކާރުން މަސައްކަތް ކުރާނީ ރައްޔިތުންގެ ޙައްޤުގައި ރައްޔިތުން އެދޭ ކަންކަން ހާސިލު ކުރެއްވުމަށް ކަމަށެވެ.

ރައީސް ޔާމިންގެ އުއްމީދުން ފުރިގެންވާ މި ޖަވާބުން ދިވެހި ރައްޔިތުންނަށް ވަނީ އުފާވެރިކަން ގެނެސްދީ އުއްމީދުގެ ވޮއްކޮޅު ދިއްލިފައެވެ. މީސް މީޑިއާގައި ދިވެހި ރައްޔިތުންދަނީ ރައީސް ޔާމިނަށް މަރުހަބާއާއި ސަނާގެ ބަސްތަކުން ހާރުތައް ގަތަމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button