ޚަބަރުސިޔާސީ

ރައީސް ޔާމީން އަތުން 5 މިލިއަން ޑޮލަރު ހޯދުމަށް ދައުލަތުން ކޯޓަށް

ކުރީގެ ރައީސް އަބްދުﷲ ޔާމީން 5 އަހަރު ދުވަހަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ކްރިމިނަލް ކޯޓުން ޖޫރިމަނާ ކުރި ފައިސާ ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހުން ސިވިލް ކޯޓުގައި ދައުވާކޮށްފިއެވެ.

އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ މުއްދަތު ހަމަވި އިރު ވެސް ޔާމީން ފައިސާ ނުދައްކަވާ ކަމަށެވެ. އަދި ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން، އެ ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ޖޫން 26، 2021 ގައި ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން އެދުމުން ވެސް އެ ފައިސާ ދައްކަވާފައި ނުވާކަމުގައެވެ.

އޭޖީ އޮފީހުން އިއްޔެ ސިވިލް ކޯޓަށް ވަނީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ހުށަހަޅައިފަ އެވެ. އެ މައްސަލައިގައި އެދިފައި ވަނީ ފަސް މިލިއަން ޑޮލަރު އެކީ އެއްފަހަރާ ދައުލަތަށް ދެއްކެވުމުގެ އަމުރެއް ނެރެދިނުމަށެވެ.

ރައީސް ޔާމީން އަށް އިއްވި ހުކުމުގެ އިސްތިއުނާފް ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button