ޚަބަރު

މެންޓަލް ހެލްތް ދާއިރާއިން ކިޔަވަން ސްކޮލަޝިޕް ދޫކުރަނީ

މެންޓަލް ހެލްތްގެ ދާއިރާއިން ކިޔަވަން ވަރަށް އަވަހަށް ސްކޮލަޝިޕްތަކެއް ދޭން ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހަންމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ”ނޭޝަނަލް ސްކިލްސް ޑެވެލޮޕްމަންޓް މާސްޓާ ޕްލޭން“ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި މީހުން ބިނާ ކުރަންޖެހޭ ވަރަށް މުހިންމު ދާއިރާތަކެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެގޮތުން މެންތަލް ހެލްތް ދާއިރާއަކީ ފާހަގަ ކޮއްލެވޭ ދާއިރާއެއް ކަމުގަ ރައީސް ވިދާޅުވިއެވެ. އެ ދާއިރާއިން ސައިކޮލިޖީ، ޕްރޮފެޝަނަލް ކައުންސިލިން އަދި އެޑިކްޝަން ސްޓަޑީޒްގެ މާސްޓާ ސްޓަޑީޒް އިން ސްކޮލަޝިޕްތަކަށް ސަރުކާރުން ވަރަށް އަވަހަށް ހުޅުވާލާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވިގޮތުގައި މީހުން ބިނާކުރުމުށް ސަރުކާރުން ކުރާ މަސައްކަތުގެ ނަތީޖާާ މިއަދު ނުފެނިދާނެކަމުގައެވެ. ނަމަވެސް މިއަދު މި ކުރާ މަސައްކަތުގެ ފޮނި މީރުކަން މާދަމާގެ ދިވެހިންނަށް ފެންނާނެކަމުގެއެވެ.

މީގެ އިތުރުން ރައީސް ވަނީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި ހުރިހާ ބެލެނިވެރިން އެއްބާރުލުންދީ ސަރުކާރުން ފަހި ކޮއްދޭ މިފަދަ ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް އިސްތިމާސް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button