ޕީއެންސީގެ ރިޔާސީ ކެނޑިޑޭޓަކަށް މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އެޕާޓީގެ ސެނެޓުން އިންތިހާބު ކޮށްފިއެވެ.
އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އިންހާބުގައި ވާދަނުކުރެވިދާނެ އެއްވެސް ހާލަތެއް އައިސްފާނެ ކަމަށް ބަލައި އެޕާޓީގެ ކޯލިޝަންގައި ހިމެނޭ ޕީއެންސީއިން ރިޔާސީ ކެންޑިޑޭޓަކު ހޯދަން ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލެއްވީ މުއިއްޒު އާއި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރެވެ.
މިއަދު ހަވީރު އެޕާޓީގެ ސެނެޓް މެންބަރުންގެ މެދުގައި ނެގުނު ވޯޓުން މުއިއްޒުއަށް ލިބިވަޑައިގަތީ 25 ވޯޓެވެ. އަދި އާދަމް ޝަރީފަށް 23 ވޯޓެވެ.
އިތުރު ތަފްސީލް އަންނަނީ…