ޚަބަރު

މިނިވަންދުސް ފާހަގަކުރުމަށް ”ޗޯރު އިބުރޭ“ ލަވަ ޖަހާތީ ފުލުހުން ނިކުމެ ހުއްޓުވައިފި

މިނިވަން ދުވަސް ފާހަގަކުރުމަށް މިއަދު ހެނދުނު މާފަންނު ގެއެއްގައި ”ޗޯރު އިބުރޭ“ ލަވަ ޖަހާ މަައްސަލަައެއްގައި ފުލުހުން ނިކުމެ އެ ލަވަ ޖެހުން ހުއްޓުވައިފި އެވެ.

މައުލޫމާތު ލިބުނު ގޮތުގައި މިއަދުގެ ހެނދުނުގެ ވަގުތެއްގައި މިކަން ހިނގާފައިވަނީ މާފަންނު ސޯޝަލް ސެންޓަރު ކައިރި ހިސާބެއްގައި ހުރި ގެއެއްގައެވެ. ފަހުން އެނގުނު ގޮތުގައި އެއީ އިދިކޮޅު ޕީޕީއެމްގެ މާފަންނު އުތުރު ދާއިރާގެ ރައީސް މުހައްމަދު މުސްތަފާ އިބްރާހިމް ދިރިއުޅުއްވާ ގެއެވެ.

މިކަމާ ގުޅިގެން ”ބޮންތި“ ނޫހަށް މައުލޫމާތު ދެއްވަމުން މުސްތަފާ ވިދާޅުވީ މިނިވަން ދުވަހާ ދިމާކޮށް އެފަދަ ލަވައެއް ޖެހީ ވައްކަމާ އަޅުވެތިކަން އިހުސާސް ކުރެވޭތީ ހިތަށް ތަސައްލީއެއް ލިބިގަތުމުގެ ނިޔަތުގައި ކަމުގައެވެ.

މިފަދަ ހާދިސާއެއް ހިނގާފައިއިރު، ޗެނަލް 13 އިން ދައްކާ ބައެއް ލަވަތަކުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޗޯރެއް ނުވަތަ ވަގެއްގެ ގޮތުގައި ދޭހަވާ ކޮންޓެންޓު ހުރިކަމަށް ބްރޯޑްކޮމް އިން ނިންމައި އެ ސްޓޭޝަނަށް ދާދި ފަހުން ވަނީ އިންޒާރު ދީފައެވެ. އަދި އިދިކޮޅުގެ އެއްވުންތަކުގައި އެ ލަވަތައް ބޭނުންކުރާތީ އަޑުގަދަ ކުރުމަށް ބޭނުންކުރާ ބައެއް ވަސީލަތްތައް އެކި ފަހަރު މަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.

ރައީސް ސޯލިހަކީ ވަގެއް ކަމަށް ދޭހަވާ ލަވަތަކުގެ ތެރޭގައި، ފެލާލައިފި، ލުޓޭރު އިބުރޭ، ޗޯރު އިބުރޭ އަންނަނީ އަދި ކަނޑުފޭރޭ ޗޯރުވެސް ހިމެނެއެވެ. އަދި އާންމުގެ މެދުގަައި އެ ލަވަތަކަށް އޮތް ޑިމާންޑު ދަނީ އިތުރުވަމުންނެވެ.

One Comment

  1. Ibu ekani noon dhotah vakkan koggen ulhe nee anni verify kamuga ves idhi kolhun giving eki eku meehuna eki nanak namuga faisaa tha dhoi kuri vaa haha ekka me prepaid ah vujud ga ney kunfunaka million rugiyaa dhini mudhaa nulivey dhen yameen ves kuree vakkan maumoon vakkame noon mulee aagey budget ga jahai gen kai negev sarukaaruge laari gandu ehen veema veti kama Anna konme mee hakee ves vage rhaa

Leave a Reply

Your email address will not be published. Required fields are marked *

Back to top button