މާލެސިޓީ ކައުންސިލުން ޢީދު ފާހަގަކުރުމަށް ކުލަބޮކިތަކުން މާލެސިޓީ ދިއްލާލަނީ
މާލެ ސިޓީ ކައުންސިލުން އަޟްޙާ ޢީދަށް ގިޑިގެ ތަކާއި ކުލަބޮކިތަކުން މާލެ އާއި ވިލިމާލެ ޒީނަތްތެރިކޮށް ދިއްލާލުމުގެ މަސައްކަތް ފަށައިފިއެވެ.
ޢީދަށް މާލޭގެ ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމުގެ ޕްލޭނު މާލޭ ސިޓީ ކައުންސިލުން އެކުލަވާލާފައިވާކަމަށް މީގެ ކުރިން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުއިއްޒު ވަނީ ހާމަކުރައްވާފަ އެވެ.
އަޟްޙާ ޢީދަށް މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން ދަނީ މަސައްކަތްކުރަމުންނެވެ.
އަޟްޙާ ޢީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން މާލެ ޒީނަތްތެރި ކުރުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން. pic.twitter.com/CQrRFgEWe6
— Malé City Council (@MaleCitymv) June 23, 2023
ދުނިޔޭގެ ބައެއް ޤައުމުތަކުގައި ރަމަޟާންމަސް ފާހަގަކުރުމަށް މަގުތައް ޒީނަތްތެރިކޮށްފައި ހުންނަ ތަން ފެނިގެންދާ ފޮޓޯއެއް ހިއްސާކުރުމަށްފަހު އާންމު ރައްޔިތަކު ވަނީ ޕީޕީއެމްގެ ވެރިކަމެއްގައި އެފަދައިން މާލޭގެ މަގުތައްވެސް ޒީނަތްތެރި ކުރާނެކަމަށް އުންމީދުކުރާކަމަށް ބުނެ ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓަށް ޖަވާބުދެއްވަމުން މާލެސިޓީގެ މޭޔަރ ޑރ މުޢިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން ވަނީ އެފަދައިން އެކަން ކުރުމަށް ނިންމާފައި ކަމަށެވެ.
We already have planned this, done the designs for Majedhee Magu, Ring Road and Jumhooree Maidhaan and it is in the procurement stage. We initially planned to do this for this Ramadan, but hopefully can be done for one of the two Eids. depending on budget availability.
— Dr Mohamed Muizzu (@MMuizzu) March 19, 2023
އަޟްޙާ އީދަށް މާލޭ ސިޓީ ކައުންސިލުން މަގުތައް ޒީނަތްތެރިކޮށް ކުލަގަދަކޮށް ޢީދު ފާހަގަ ކުރުން ވެގެންދާނީ މާލެ ސިޓީ ކައުންސިލުން އިސްނަގައިގެން މިފަދައިން ހިންގި ފުރަތަމަ ހަރަކާތަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ މި 5 އަހަރަށް އެކުލަވާލާފައިވާ ސްޓްރެޓެޖިކް އެކްޝަން ޕްލޭން (ސެޕް) ތަންފީޒު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މަގުތައް ޒީނަތްތެރި ކުރުންވެގެންދާނީ ސެޕްގައި ހިމެނޭ ”ޗާލު މާލެސިޓީ“ އަމާޒަށް ވާސިލްވުމަށް އިތުރުވެގެންދާ ބޮޅަކަށެވެ.