
ވެރިކަން ކުރަމުންދާ އެމްޑީޕީ އަކީ މިހާރު ވަގުންގެ ނެޓްވޯކެއް ކަމާއި، އެ ނެޓްވޯކް ފުނޑާލާނީ ”ދަ ޑިމޮކްރެޓްސް“ އިން ކަމަށް އެމްޑީޕީގެ ކުރީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ(އިންތި) ވިދާޅުވެއްޖެއެވެ.
”ދަ ޑިމޮކްރެޓްސް“ އިން މިރޭ އެމްޑީޕީގެ ކުރީގެ މައި ހަރުގޭގައި ބޭއްވި އެ ޕާޓީގެ ފުރަތަމަ ޖަލްސާގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ އެމްޑީޕީ މައި ހަރުގެ އަކީ ޒަމާންތަކެއް ވަންދެން ސިޔާސީ ޙަރަކާތްތައް ހިންގި ތަނެއްކަމަށާއި، ”ދަ ޑިމޮކްރެޓްސް“ އަނެއްކާ ހަމަ ސިޔާސީ މަސައްކަތްތަކާއި، ސިޔާސީ އެއްވުންތައް ފަށައިގަންނަ ތަނަކަށް އެ ހަރުގެ ވުމަކީ ރަނގަޅު ފާލެއް ކަމަށެވެ.
އިންތި ވިދާޅުވީ މިހާރު ހިނގަމުންދަނީ އެމްޑީޕީ ނޫންކަމަށެވެ. އަދި އެއީ ވަގުންގެ ނެޓްވޯކެއް ކަމަށާއި، ދިވެހި ރައްޔިތުންގެ އިތުބާރު ވަނީ އެމްޑީޕީއަށް ގެއްލިފައި ކަމަށްވެސް އިންތި ވިދާޅުވިއެވެ. އެއާއިއެކު އިންތި ވިދާޅުވީ ވަގުންގެ ނެޓްވޯކަށް ބާއިބާއި ކިޔުމަށްފަހު ”ދަ ޑިމޮކްރެޓްސް“ އުފެއްދީ މި ރާއްޖެ ސާފުމަގަށް ގެނައުމަށްޓަކާ ކަމަށެވެ.
ބާއި ބާއި ވަގުންގެ ނެޓްވޯކަށް ބާއި ބާއި، ދިވެހި ރައްޔިތުންގެ އިތުބާރު ވަނީ އެމްޑީޕީއަށް ގެއްލިފަ، އެހެންވީމަ އަޅުގަނޑުމެން އާ ރޫޙެއްގަ އާ ހިތްވަރަކާއެކު، އާ ޢަޒުމަކާ އެކުގަ މި ރާއްޖެ ސާފުމަގަށް ގެނައުމަށްޓަކާ ”ދަ ޑިމޮކްރެޓްސް“ މި އުފެއްދީ. މިހާރު އެ ހިނގަނީ އެމްޑީޕީ ނޫން އެއީ ވަގުންގެ ނެޓްވޯކެއް، އެ ނެޓްވޯކް ފުނޑާލާނީ ”ދަ ޑިމޮކްރެޓްސް“ އިންތި ވިދާޅުވިއެވެ.
ރައީސް އިބްރާހިމް އަކީ ރައީސް ނަޝީދަށް ހެޔޮ އެދިވަޑައިގަންނަވާ ބޭފުޅެއް ނޫންކަމާއި، ސަރުކާރުން 2018 ގައި އިބްރާހިމް ވެރިކަމަށް ވަޑައިގެން ޖަލުގައި ތިބި ސިޔާސީ ލީޑަރުން މިނިވަން ކުރެއްވި ނަމަވެސް ރައީސް ނަޝީދުގެ މައްސަލާގައި އަޅާނުލެއްވުމުން އެކަން ޔަޤީންވާ ކަމަށް އިންތި ވިދާޅުވިއެވެ.
އިންތި ވިދާޅުވީ 2018 ގައި ރައީސް ނަޝީދު ”ވީހާލެއްގައި ވާން“ ކަމަށް ވިދާޅުވެ ރާއްޖެ ވަޑައިގަތީކަމަށާއި، އަދި ރައީސް ނަޝީދުއަށް ރާއްޖެ ވަޑައިގެންނެވުނީ ސަރުކާރުގެ ސަބަބުން ނޫންކަމަށާއި، މިސަރުކާރުން އޭރުވެސް ބޭނުންވީ ރައީސް ނަޝީދު ރާއްޖެ ވަޑައިގަތަނުދިނުމަށް ކުރެވެންހުރި ކަމެއް ކުރުމަށް ކަމަށް އިންތި ވިދާޅުވިއެވެ. އެހެންވީމާ ރައީސް ނަޝީދުއާއި މެދުގައި އެމީހުންގެ ހިތް އޮތްގޮތް ވަރަށް ސާފުކަމަށް އިންތި ވިދާޅުވިއެވެ.
އިންތިގެ އިތުރަށް ވިދާޅުވީ ”ދަ ޑިމޮކްރެޓްސް“ އަކީ ރާއްޖޭގަ އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް ހަދާނެކަމަށާއި، މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމްގެ ހުދުމުޚުތާރު ވެރިކަން ބަދަލުކުރާނެ ކަމަށެވެ.
ދަނޑި ދަމާ ޑިމޮކުރެސީއަކީ ލިވާތު ކުރިއަރުވާ ޕާޓީ ރަށްޔިތުންނޯސަޕޯޓް