ޚަބަރު
އުތުރުގެ ރަށެއްގެ ގެއެއްގައި ރޯވެ އެއްކޮށް އަނދައިފި

ރާއްޖޭގެ އެންމެ އުތުރުގައި އޮންނަ ރަށެއް ކަމަށްވާ ހއ.ފިއްލަދޫގެ ގެއެއްގައި ރޯވެ އަނދައިފިއެވެ.
މި ހާދިސާ ހިނގާފައި ވަނީ ދާދި ދެންމެއަކު ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
ގޭގައި އަލިފާން ރޯވެފައި ވަނީ ކަރަންޓްބޯޑުގައިއެވެ. ގޭގައި ދިރިއުޅޭ އެއްވެސް ފަރާތަކަށް ގެއްލުމެއް ލިބިފައި ނުވެއެވެ.
ފިއްލަދޫ ކައުންސިލާއި އާންމުން ވެގެން އަލިފާން ނިވުމުގައި ހަރަކާތްތެރި ވަމުންދާކަމަށްވެސް މައުލޫމާތު ދިން ފަރާާތުން ހިއްސާކޮށްފައިވެއެވެ.
އިތުރު މައުލޫމާތު އަންނަނީ…

