ތޫނު އެއްޗަކުން ހަމަލާދީ އައްޑޫ ސިޓީގައި މީހަކު މަރާލައިފި

އައްޑޫ ސިޓީ ގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ޒުވާނަކަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
ފުލުހުން ދެންމެ ވިދާޅުވީ އައްޑޫ ސިޓީ މަރަދޫ ފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދީފައިވާ ކަމަށް 23:38 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަނިޔާވި 27 އަހަރުގެ ދިވެހި ފިރިހެނަކަށް އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.
މައުލޫމާތު ލިބިފައިވާގޮތުން މި މާރާމާރީ ހިނގާފައިވަނީ ދެބެންގެ ދެމެދުގައެވެ. އެގޮތުން ބޭބެ ގަޔަށް ކޮއްކޮ ވަޅި ހަރާފައި ވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ކަމަށް މި މަންޒަރުދުށް ފަރާތްތަކުން ހާމަކޮށްފައިވެއެވެ. އަދި ހާދިސާ ހިނގި ވަގުތު ކޮއްކޮ ހުރީ ވެސް މަސްތުގެ ހާލަތުގައި ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.
މި މާރާމާރީ އާއި ގުޅިގެން ފުލުހުން ބުނީ މިމައްސަލަ ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.