ދަ ޑިމޮކްެރެޓްސްގެ ރިޔާސީ ކެންޑިޑޭޓް ކަށަވަރުކުރުމަށްޓަކައި އެޕާޓީގެ އަސާސީ ގަވާއިދުގައި ވާގޮތުގެ މަތިން ޕްރައިމަރީ ވޯޓުލުން ވަރަށް ފޯރިއާކު ރާއްޖެއާއި، ރާއްޖެއިން ބޭރުގެ އެކި ކަންކޮޅުތަކުގައި މިއަދު ކުރިއަށް އެބަ ދެއެވެ.
މިއަދު 14:30 އިން ފެށިގެން ރާއްޖެއާއި، އެކި ގައުމުތަކުގައިވެސް އޮންލައިންކޮށް އަންނަނީ ވޯޓު ލަމުންނެވެ.
ދަ ޑިމޮކްރެޓްސްގެ ޕްރައިމަރީގެ ވޯޓުލުން ފެށިގެން ބާރަށް ކުރިޔަށް ދަނީ #HappeningNow#WeTheDemocrats @TheDemocratsMV @ilyas_labeeb pic.twitter.com/tbWi2xoBoP
— Marchy (@MohamedMasih) July 28, 2023
އެގޮތުން މިހާތަނަށް ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އާއި، އެޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބާއި އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވެސް ވަނީ ވޯޓު ލައްވާފައެވެ.
އިލްޔާސް ލަބީބަށް އިންތިހާބު ކާމިޔާބު ކުރުމަށް ބޭނުންވަނީ އެ ޕާޓީގެ ޖުމްލަ މެންބަރުންގެ މެދުގައި ނެގޭ ވޯޓުގެ 10 އިން ސައްތަ އެވެ.