ޚަބަރު

ބަނގުރާ ވިއްކި ސަފާރީ މައްސަލަ: ބަލާ ފާސްކުރި ފުލުހުންނަށް ބަނގުރާ ނުފެނުން

އއ. އުކުޅަހު ބަނދަރުގައި އޮތް ސަފާރީއަކުން ބަނގުރާ ވިއްކާ ކަމަށް ތުހުމަތު ކުރެވޭ ސަފާރީ ބަނދަރުން ނުނެރޭތީ އެ ރަށުގެ ރައްޔިތުން ނުކުމެ ރަށުކައުންސިލްގެ ދޮރު ބަންދު ކޮށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް އުކުޅަހަށް ދިޔަ ފުލުހުންގެ ޓީމުން ވަނީ އެ ސަފާރީ ބަލާ ފާސްކޮށްފައެވެ. އެހެންނަމަވެސް ފުލުހުނއ ބެލި ބެލުމުން އެ ސަފާރީ އިން ބަނގުރާ ފެނިފައިނުވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ކޯޓު އަމުރެއްވެސް ފުލުހުން ހޯދާފައިވަނީ ހަފްތާއެއް ފަހުން ކަމަށް މަޢުލޫމާތު ލިބެއެވެ.

އުކުޅަހުގެ ބަނދަރަށް އެ ސަފާރީ ވަދެފައިވަނީ އެރަށު ކައުންސިލުން ސަފާރީއަށް ހުއްދަ ނުދެނިސް ކަމާއި މިހާރުވެސް ސަފާރީ ބަނދަރުގައި އޮތީ ކައުންސިލްގެ ހުއްދަ ނެތި ކަމަށް މަޢުލޫމާތު ލިބެއެވެ.

ޒެޑް ކުރޫޒާ ނަމަކަށް ކިޔާ އެ ސަފާރީ ބަނދަރުން ނެރުމުގެ ކޯޓު އަމުރެއް ނެރެދިނުމަށް އެދި އުކުޅަހު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހަޅައި ހަފްތާއެއް ވީއިރުވެސް އަޅާނުލުމުން އެ ރަށު ރައްޔިތުން ވަނީ ކައުންސިލްގެ ދޮރުމަތީގައި ޑިންގީއެއް ބާއްވައި ކައުންސިލަށް ވަންނަ ދޮރު ބަންދުކޮށްފައެވެ. އަދި މީގެ އިތުރުން، ރައްޔިތުން ވަނީ އެ ރަށުގެ ނެރުވެސް ބަންދުކޮށް މުޒާހަރާކޮށްފައެވެ.މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ސަފާރީ އުކުޅަހު ފަޅުގައި އޮތުމުން ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަމުންދާތީ ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button