ޚަބަރުދުނިޔެ

ޤާނޫނާއި ޚިލާފަށް ހައްޔަރުކުރުމުން ސްޕްރީމް ކޯޓުން އިމްރާން ޚާން މިނިވަންވެއްޖެ

ޕާކިސްޠާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ޚާން ހައްޔަރު ކުރީ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅާ އެޤައުމުގެ ސްޕްރީމް ކޯޓުން އިމްރާން ޚާން މިނިވަން ކޮށްފިއެވެ.

ޕާކިސްތާންގެ ސްޕްރީމް ކޯޓުން އިސްލާމް އާބާދް ޕޮލޮސް އައިޖީއަށް އަމުރުކުރީ މިއަދުގެ 4:30 ޢިމްރާން ޚާން ސްޕްރީމް ކޯޓަށް ހާޒިރު ކުރުމަށެވެ. ސްޕްރީމް ކޯޓުން ބުނެފައިވަނީ އަންގާރަދުވަހު ޢިމްރާން ޚާން ހައްޔަރު ކުރެވުނީ ޤާނޫނާއި ޚިލާފަށް ކަަމަށެވެ.

އިމްރާން ޚާން، ހައްޔަރުކޮށްފައިވަނީ އިސްލާމް އާބާދުގެ ހައި ކޯޓުގެ ބޭރުންކަމަށް އެ ޕާޓީގެ އޮފިޝަލުންވަނީ ބުނެފައެވެ. އިމްރާން ކޯޓަށް ހާޒިރުވެފައިވަނީ ދަޢުލަތަށް ލިބުނު ހަދިޔާ ވިއްކައިގެން ފައިދާ ހޯދި ކަމަށް ތުހުމަތު ކޮށް ހިންގަމުން ގެންދާ މައްސަލައާއި ގުޅޭ ޝަރީޢަތަކަށެވެ. ނަމަވެސް ތުހުމަތުތަކަށް އިމްރާން ވަނީ އިންކާރު ކުރައްވާފައެވެ.

އިމްރާން ޚާން ހައްޔަރުކުރުމާއި ދެކޮޅަށް ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދު، ކަރާޗީ، ލާހޯރު، ޕިޝާވަރު އަދި އެހެނިހެން ސިޓީތަކުގައި އިމްރާންގެ އެތައް ހާސް ސަޕޯޓަރުން ވަނީ އަންގާރަ ދުވަހު މަގުތަކަށް ނުކުމެ މުޒާހަރާކޮށްފައެވެ. މުޒާހަރާތައް މެދުނުކެނޑި ޕާކިސްތާނުގެ ޙާލަތު ނާޒުކުވެ އިންޓަނެޓްގެ ޚިދުމަތްވެސް ކަނޑާލިއެވެ.

އިމްރާން ޚާންގެ ސަޕޯޓަރުން ކުރި މުޒާހަރާގެ ތެރެއިން

ސުޕްރީމްކޯޓުން އިމްރާން ޚާން މިނިވަންވެ ވަޑައިގެންނެވުމުން އެމަނިކުފާނަށް ތާއީދުކުރާ އެތައްހާސް ސަޕޯޓަރުން ދަނީ މަގުތަކަށް ނުކުމެ އުފާ ފާޅުކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button