ޚަބަރުސިޔާސީ

މިއަދު ސުޕްރީމް ކޯޓް އަޑުއެހުމުގައި ޕީޖީ އޮފީހުގެ ލޯޔަރުން މި ހެދީ ކިހިނެއް؟

ރ.ފުއްގިރި މައްސަލައިގައި ޝަރީއަތުގެ ކުރިން ހުށައެޅުނު ހުށައެޅުންތަކާއި ގުޅިގެން ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ފަރާތްޕުޅުން ސުޕްރިމް ކޯޓަށް ހުށައެޅި އިސްތިއުނާފުގެއަޑުއެހުންތައް މިއަދު ވަނީ ނިމިފައެވެ.

އެ މައްސަލައިގައި ރައީސް ޔާމީން ފަރާތުން ހުށަހެޅި އެއް ހުށަހެޅުމަކީ ރައީސް ޔާމީންގެ ވެރިކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ޓްއަރިޒަމް މިނިސްޓްރީ އަށް ފޮނުވާފައިވާ ސިޓީތައް ރައީސް ޔާމީންގެ ދިފާއު ބިނާ ކުރުމަށް ފޯރުކޮށްދޭން ދައުލަތުގެ މައްޗަށް އަމުރު ކޮށްދިނުމެވެ.

ނަމަވެސް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ވަކީލުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހުންނަ ލިޔެކިޔުންތަކަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭނެ ލިޔުންތަކެއް ނޫން ކަމަށާއި، ގާނޫނުގައި ދައުލަތް މާނަ ކޮށްފައި އޮތީ ވެސް ސަރުކާރުގެ އޮފީސްތަކުގައި ހުންނަ މައްސަލަ އާއި ގުޅޭ ލިޔުންތަކާއި ހެކިތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ދައުވާ ލިބޭ މީހުންނަށް ފޯރުކޮށްދޭން ޖެހޭ ގޮތައް ނޫން ކަމަށެވެ.

ނަމަވެސް އެވާހަކަތަކަށް ރައްދުދެއްވައި ރައީސް  ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އެފަދަ ލިޔުމެއް އޮތްނަމަ ދައުލަތުން އޮންނާނީ އެހޯދާފައި ވެސް ކަމަށާއި، އެފަދަ ލިޔުންތައް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބޭނެ ކަމަށެވެ.

ޝަރީއަތް ކުރިޔަށް ގެންދަމުން ދިޔަ އިރު ރައީސް ޔާމީން އާ ދެކޮޅަށް ޕީޖީ އޮފީހުން ވަކާލާތު ކުރުމަށް ތިއްބެވި ވަކީލުން ވަނީ ދިފާޢުގަ ވެސް ރަނގަޅަށް އެއްޗެއް ބުނުމަށް އުޒުރުވެރިވެފައެވެ.

ރ ފުއްގިރި މައްސަލައިގައި ދައުވާ އުފުލާފައިވާ ފަރާތްތަކުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައިގައި ހުށައަޅާފައިވާ އިސްތިއުނާފީ ނުކުތާަތަކަށް ދައުލަތުން ޖަވާބުދެއްވާފައިވަނީ ހަމަ ނުޖެހޭ ގޮތަކަށެވެ.

ޕަބްލިކް ޕްރޮސިކުޓާރ ޝަފީއު ވަނީ ތަކުރާރު ކޮށް އެއްވާހަކަ އެއް ދައްކަވާފައެވެ.

ދިފާއުގައި ރައްދު ދެއްވުމަށް އުޒުރުވެރިވެފައި ވާކަން ވެސް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

https://twitter.com/hkurusee/status/1655541524061364226?s=46&t=f3PB7ENOf9BSgrkYX9VxqA

މިގޮތުން މިއަދު ވަނީ ޓްވިޓާ ގަ ވެސް ބައެއް ފަރާތްތަކުން ޕީޖީ ލޯޔަރުންނަށް މަލާމަތްކޮށް ޓްވީޓްކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button