ޚަބަރު

ރައީސް އިބްރާހިމް އާއި ގާތް ގުޅުންއޮތް ބަޔަކު ހިޔާގެ ދެ ފްލެޓް ތަޅާލައި އެއްކޮށްލައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ހިޔާ ފްލެޓްގެ ފާރެއް ތަޅާލައި ދެ އެޕާޓްމަންޓް އެއްކޮލި މައްސަލާގައި ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއާއި ގާތް ގުޅުމެއް އޮންނަ ހިޔާ ޔޫނިއަންގެ ނައިބު ރައީސް ޝަމާލް ޖޫރިމަނާ ކޮށްފިއެވެ.

އަރބަންކޯއިން ބުނީ ގޮތުގައި ހިޔާ ފްލެޓުތަކުގެ އިމާރާތެއްގައި ދެ އެޕާޓްމަންޓް އެއްކޮށްލައިގެން ހަދާފައިވާކަމުގެ ރިޕޯޓު އެ ކޯޕަރޭޝަނަށް ލިބުމާ ގުޅިގެން، އެ ކޯޕަރޭޝަނުން ބެލި ބެލުމުން، އެއީ ކޮން އެޕާޓްމަންޓްތަކެއްކަން ދެނެގަނެވުނު ކަމަށެވެ. އަދި މި އެޕާޓްމަންޓުގެ އިންޓީރިއަރ ހެދުމުގެ މަސައްކަތް ކުރި އިރު، އަރބަންކޯއިން ހަދާފައިވާ އުސޫލުތަކާާ ޚިލާފަށް، ދެފަރާތުންވެސް ވަނީ ދެ އެޕަރޓްމަންޓުގެ މެދު ފާރު ތަޅާލައި، ހަތަރު ކޮޓަރީގެ އެއް އެޕާޓްމަންޓަކަށް ބަދަލުކޮށްފައި ކަމަށް އަރބަންކޯއިން މީޑިއާތަކަށް މަޢުލޫމާތު ދީފައިވެއެވެ.

ހިޔާ ޔޫނިއަންގެ ނައިބް ރައީސް ޝަމާލްގެ ފްލެޓް

މި މައްސަލައާ ގުޅިގެން 100،000 ރުފިޔާއިން ކޮންމެ ފްލެޓްއެއް ޖޫރިމަނާކޮށް ފަސް ދުވަސް ތެރޭގައި ދެ ލައްކަ ރުފިޔާ ދައްކައި 10 ދުވަސް ތެރޭގައި ތަން ހަވާލުކުރަން އަންގާފައިވާއިރު ފްލެޓްތައް ކުރިން ހުރިގޮތަށް ބަދަލު ނުކޮށްފި ނަމަ ފްލެޓުގެ އެގްރީމެންޓް ބާތިލްކޮށް ތަނާ ހަވާލުވާން ދޭން ޖެހޭ ނޯޓިސް ދޭނެކަން އާބަންކޯއިން ވަނީ އެފަރާތަށް އަންގާފައެވެ.

މި ކަމާއިގުޅިގެން ރައީސް އިބްރާހިމް މުޙައްމަދު ޞޯލިޙުއާއި ގާތްގުޅުމެއް އޮންނަ ހިޔާޔޫނިއަން އަށް ގިނަބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button