ޚަބަރު

ދިވެހިން އާންމުކޮށް ނުދާ ޤައުމުތަކަށް ވިސާއާއި ނުލާ ދެވޭގޮތް ސަރުކާރުން ހަމަޖައްސައިފި

ދިވެހިން އާންމުކޮށް ދަތުރުކޮށްނޫޅޭ ޤައުމުތަކަކަށް ވިސާއާއިނުލާ ދެވޭގޮތް ދިވެހިސަރުކާރުން ހަމަޖައްސަން ފަށައިފިއެވެ.

އެގޮތުން ދާދިފަހުން ވިސާ ނެތި ދިވެހިންނަށް ބުރުންޑީއަށް ދެވޭގޮތަށް ދިވެހި ސަރުކާރާއި ބުރުންޑީ ސަރުކާރާ ދެމެދު ވިސާ އެގްޒެމްޕްޝަން އެއްބަސްވުމެއްގައި ވަނީސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ ދަށުން ވިސާއާ ނުލާ ދިވެހިންނަށް 30 ދުވަސް ވަންދެން އެ ޤައުމަށްދަތުރުކުރެވޭނެ ކަމަށް ސަރުކާރުންބުނެއެވެ. ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގައި ކުރިއަށްދިޔަ މި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރާއްޖެއިން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ޕަރމަނަންޓް ރެޕްރެޒެންޓޭޓިވް ތިލްމީޒާ ހުސެއިންއެވެ.

ފާހަގަކޮށްލެވޭގޮތުގައި ގިނަ ދިވެހިންނަށް ބުރުންޑީއަކީ އޮންނަ ޤައުމެއް ކަމެއްވެސް ނޭނގެއެވެ. އަދި މިއީ ދިވެހިން ގޮސްއުޅޭ ޤައުމެއްވެސްނޫނެވެ. މީގެ އިތުރުން ބުރުންޑީ އަކީ ދުނިޔޭގެ އެންމެ ފަޤީރު ޤައުމުތަކުގެ ތެރެއިން ލިސްޓްގެ އެއްވަނައިގައިވާ ޤައުމެވެ.

ވިސާ ނެތި ދިވެހިންނަށް ދަތުރުކުރެވޭ ގޮތަށް ދިވެހި ސަރުކާރުން ދެން ހަމަޖެއްސި ޤައުމަކީ ކެމްބޯޑިއާއެވެ. ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ކެމްބޯޑިއާ އަށް ދަތުރުކުރާ ފަރާތްތަކުން ކުރީބައިގައި ވިސާ ނުހޯދިޔަސް ކެމްބޯޑިޔާ އަށް އެތެރެވުމުން 30 ދުވަހުގެ ވިސާ ހަމަޖެހިގެން ދާނެއެވެ. އަދި 4 މެއި އިން ފެށިގެން މިގޮތަށް ވިސާ ލިބެމުންދާނެ ކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ.

ވިސާނެތި ދިވެހިންނަށް ދެވޭގޮތަށް ހަމަޖެއްސި އަނެއް ޤައުމަކީ އިރުމަތީ އެފްރިކާގެ ދިވެހިރާއްޖެއާ ރުވާންޑާއެވެ. ރުވާންޑާ އާއިއެކު މި އެއްބަސްވުމުގައި ސޮއި ކުރީ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި ޝާހިދު ވިދާޅުވީ މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެ ދެ ޤައުމުގެ ރައްޔިތުންގެ ދެމެދުގައިވެސް ގުޅުން ބަދަހިވާތަން ދެކިވަޑައިގަންނަވަން ބޭނުންފުޅުވާކަމަށެވެ.

ފާހަގަކޮށްލެވޭގޮތުގައި ރުވާންޑާ އަކީވެސް ދިވެހި ރައްޔިތުން ދަތުރުކުރާ ޤައުމެއްނޫނެވެ، އަދި ރުވާންޑާގެ ރައްޔިތުންނަކީވެސް ފަތުރުވެރިކަމުގެ ބޭނުމަށް އެހެން ޤަުމުތަކަށް މާގިނައިން ދަތުރުކުރާ ބައެއް ނޫނެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުންވަނީ އެފްރިކާގެ ސައުތު ސޫދާނާއެކުވެސް ސިޔާސީ ގުޅުން ޤާއިމުކޮށްފައެވެ.

މިކަންކަމާއި ގުޅިގެން ގިނަ ދިވެހިން ޤަބޫލުކުރަނީ މިއީ ދިވެހި ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަޙައްދެއް ގެއްލުވާލުމާއިއެކު ސަރުކާރަށް ކުރިމަތިވި ފާޑުކިޔުންތަކުން ރެކިވަޑައިގަތުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތަކެއްގެ ގޮތުގައެވެ.

ދުނިޔޭގެ ފަގީރު ޤައުމުތަކާއި ދިވެހިން އާންމުކޮށް ގޮސްނޫޅޭ ޤައުމުތަކާއެކު ސިޔާސީ ގުޅުން ޤާއިމުކޮށް އެ ޤައުމުތަކަށް ވިސާނެތި ދަތުރުކުރެވޭގޮތް ރައީސް އިބްރާހިމްގެ ސަރުކާރުން ހަމަޖައްސަމުން ގެންދިއުމާގުޅިގެން ގިނަބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކޮށް ދިވެހިންނަށް އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކޮށްދިނުން މާ ރަނގަޅުވާނެ ކަމަށް ގޮވާލަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button