ޚަބަރުސިޔާސީ

ފުލުހުން ނޯ ޖަހާފައިވާ ބެނާއެއް ނަގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދުގެ ބައްޕަ، ސިއްކަ އަހުމަދު އިސްމާއިލް މަނިކު ދިރިއުޅޭ މ.ދީފްރަމްއާގެ އާ ޖެހިގެން ހުންނަ މ.ބީޗު ހެވަން އިމާރާތުގައި ދަމާފައިވާ “ނޯ” ބެނާ ފުލުހުން ނަގައިފިއެވެ.

ފުލުހުން މި ބެނާ ނެގީ މިރޭގެ ވަގުތެއްގައެވެ. އެނގިފައިވާގޮތުގައި ބެނާ ނެގީ ކޯޓު އަމުރެއްގެ ދަށުން އެގެއަށް ވަދެގެންނެވެ.

ނޯ ޖަހާފައިވާ ބެނާ ނަގަން ގޮސްތިބި ފުލުހުން

ބެނާގައި ލިޔެފައިވަނީ “ނޯ” ނުވަތަ ނޫނެކޭއެވެ. މިބެނާގައި އިންޑިއާ ދިދައިގެ މެދުގައި ހުންނަ ބޮޅާއި ކުލަތައް ބޭނުން ކޮށްފައިވެއެވެ. މިގޮތަށް ހަރުކޮށްފައިވާ ބެނާތަކާ ގުޅޭގޮތުން އިދިކޮޅުން ބުނަނީ ރާއްޖޭގެ ގާނޫނު އަސާސީން ރައްއިތުންނަށް ފުޅާދާއިރާގައެއްގަ ލިބިފައިވާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން  ސަރުކާރުން ނިގުޅައިގަންނަ ކަމުގައެވެ.

އިދިކޮޅުން ފަށާފައިވާ “އިންޑިއާ އައުޓު” ކެމްޕެއިނަށް ރާއްޖޭގެ ގިނަ ބައެއްގެ ތާއީދު އަންނަނީ ލިބެމުންނެވެ. މިިކެންޕޭނުގެ ފޯރި ޢީދުކުޅިވަރުހާ ފޯރިގަދަ ކަމުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްއަބްދުﷲ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button