ދައުލަތުން ޑުރަގު ވިޔަފާރިއަށް ވަދެފަައިވާ ކަމަށް ތުހުމަތު ކުރެވޭ: އަމްރު

ދައުލަތުން ޑުރަގު ވިޔަފާރިއަށް ވަދެފައިވާ ކަމަށް ތުހުމަތު ކުރެވޭނެ ޖާގަ އެބައޮތްކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ކަމުގެ މަގާމުގައި ކުރިން ހުންނެވި ހުސައިން އަމްރު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ވިދާޅުވެފައެވެ.
އެ ޓުވީޓުގައި، ބޯމީހުނަށް ފަރުވާ ނުދެވި އެތެރެ ކުރެވޭ 2 ދޮރޯށި ތަންމިނަށް ހުޅުވާފައި އޮތް ކޮންމެ ދުވަހަކީ ޖީލެއް ހަލާކުވެގެންދާނެ ދުވަހެއް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.
އަމްރުގެ މި ޓުވީޓު އަމާޒު ކޮށްފައިވަނީ ޑިފެންސް މިނިސްޓަރ މާރިޔާ މިއަދު މަޖިލީހުގެ ތަޅުމުގައި ދައްކަވާފައިވާ ވާހަކަފުޅާ ގުޅުވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މާރިޔާ ވިދާޅުވީ ރާއްޖެއަށް އާންމުކޮށް މަސްތުވާތަކެތި އެތެރެކުރަނީ އެއިޑްސްއާއި ކިޑްނީ ބަލި ފަދަ ބޮޑެތި ބަލި ހުންނަ މީހުންކަމަށާއި އެމީހުން ބެލެހެއްޓުމަށް ދައުލަތުން ބޮޑެތި ހަރަދުކުރަންޖެހޭ ކަމަށެވެ.
ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރާ ބޭރު މީހުން ހައްޔަރު ނުކޮށް ފޮނުވާލާ ގޮތަށް ހަމަޖެއްސުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.