އެޑިޔުކޭޝަން މިނިސްޓަރުގެ ޕީއެޗްޑީ އާމެދު ސުވާލު: މީސްމީޑިއާ
![](https://bonthinews.com/wp-content/uploads/2023/04/20230405_214214-780x470.jpg)
މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އާއިޝަތު އަލީގެ ޕީއެޗްޑީއާމެދު މީސްމީޑިއާގައި ސުވާލު އުފައްދަމުން އެބަ ގެންދެއެވެ.
މިނިސްޓަރ އާއިޝަތު އަލީ ޕީއެޗްޑީ ހާސިލު ކުރައްވާފައިވަނީ އެމްއެންޔޫެއިންނެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ހަބަރު ތަކުގައިވާ ގޮތުން ޕީއެޗްޑީ ހެދުމަށް މައުލޫއެއް ހޮވުމަށްފަހު އެ މައުލޫއާ ގުޅޭ މައުލޫމާތު އެއް ލިޔުމަކަށް ޖަމާކޮށް އެއާމެދު ފާޑުކިޔައި އަމިއްލަ ހިޔާލު ފާޅުކުރުމުން އެމްއެންޔޫއިން ޕީއެޗްޑީ ސަނަދު ހާސިލުކުރެވޭނެއެވެ.
މައުލޫމާތު ލިބޭ ގޮތުގައި މިނިސްޓަރ އާއިޝަތު އަލީގެ ޕީއެޗްޑީގެ މައުލޫއަކީ ’ދިވެހިރާއްޖޭގެ އެޑިޔުކޭޝަން ސިސްޓަމް’އެވެ. ނުވަތަ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމެވެ. މި މައުލޫއަށް މައުލޫމާތު ޖަމާކޮށްފައިވާއިރު ޕީއެޗްޑީ ހާސިލުކުރުމަށް ދާއިރާއިން އެދެވޭ އެއްވެސް ހަރުދަނާ މަސައްކަތެއް ކުރެވިފަ ނުވާ ކަމަށް ބުނެފައިވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއްވެސް ’ކޮންޓްރިބިއުޝަނެއް‘ ދެވިފައެއް ނުވާކަމަށް ބުނެފައިވެއެވެ.
އެޑިޔުކޭޝަން މިނިސްޓަރުގެ ޕީއެޗްޑީއާމެދު ސުވާލު އުފެދިފައި ވާއިރު ފަހަކަށް އައިސް ވަރަށް ގިނަ ފަރާތްތަކެއްގެ ޕީއެޗްޑީ އާމެދު ވަނީ ސުވާލުތައް އުފައްދާފައެވެ.