މެދު ޒިޔާރަތުގައި ދިދަޖަހާ މުންކަރާތް ދިރުވަން ފަށައިފި
އެތައް ދީނީ ޢިލްމުވެރިންނެއް މުންކަރާތެއް ކަމުގައި ބަޔާންކުރައްވާފައިވުމުން ކުރީގެ ސަރުކާރުތަކުން މެދުޒިޔާރާތުގައި ދިދަ ޖެހުން ހުއްޓުވާފައިވަނިކޮށް މި ސަރުކާރުން ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މެދު ޒިޔާރަތުގައި ދިދަ ޖަހައިފިއެވެ.
ޒިޔާރަތަށް ނަދުރު ބުނުމާއި މިފަދަ ބިދުޢަތައް މީގެކުރިން ހިނގަމުން އައި ނަމަވެސް އެންމެ ފުރަތަމަ ސަރުކާރުން 1957 ވަނަ އަަހަރު މަނާކޮށްފައިއޮތް މި މުންކަރާތް ދިރުވުމަށް ހެރިޓޭޖު މިނިސްޓްރީ އިން މެދުޒިޔާރަތުގައި އިއްޔެ ވަނީ ދިދަ ނަގަން ފަށާފަ އެވެ.
ރާއްޖޭގެ ސަޤާފަތާ ތަރިކަ ހިމާޔަތް ކުރުމުގެ ނަމުގައި ރައީސް ސޯލިހު އުފައްދަވާފައިވާ ހެރިޓޭޖު މިނިސްޓްރީ އިން މިކަން ފަށާފައިވާއިރު މިކަމަކީ ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ދީނީ ޢިލްމުވެރިންގެ ލަފަޔާއި އެއްގޮތަށް ހުއްޓުވާފައިވާކަމެކެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މެދު ޒިޔާރަތްދިރުވަން ސަރުކާރު ތެރެއިން ބަޔަކު އުޅުމުން އެމަނިކުފާނު ވަނީ އެކަން ހުއްޓުވައި ދެއްވާފައެވެ.
އެހެން ނަވެސް ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫންގެ ވަޒީރުކަމުގައި އެ ހުރިހާ ކަމެއް އަލުން ޢިޔާދަ ކުރަންފެށުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ދީނީ ޢިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.
މިގޮތުން ޖަމިއްޔަތުއް ސަލަފްގެ ރައީސް ވިދާޅުވީ ރާއްޖެއިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން މެދުޒިޔާރަތް އާއްމުންނަށް ހުޅުވާލައިގެން ދައްކާލުމުގެ ހުރިހާ ތައްޔާރީއެއް މިދިޔަ ސަރުކާރުން ކޮށްފައިވަނިކޮށް،ދީނީޢިލްމުވެރީން އެކަމަށް ނުރުހުން ފާޅުކުރުމާ ގުޅިގެން ރައީސް ޔާމީން ވަނީ އެކަމަށް އިޖާބަދެއްވައި،އެކަން ހުއްޓުވާފައި ކަމަށެވެ. އަދި މިފަދަކަންތައްތައް މިގޮތަށް ހުރުމަކީ މިދިޔަ ސަރުކާރާއި، މިއަދުގެ ސަރުކާރުގެ ތަފާތު ރައްޔިތުންނަށްސާފުވާންޖެހޭ ކަމުގައި ޝައިޚް އަބްދުالله ވިދާޅުވިއެވެ.
މީގެ އިތުރުން ޝައިޚް ވިދާޅުވީ މިފަދަ އެތައްކަމަކަށް އަދާލަތު ޕާޓީއިން އިންކާރުނުކޮށް ތިއްބަވައި،ސަރުކާރު ދިފާޢުކުރައްވަމުން ދިއުމަކީ އަދާލަތު ޕާޓީގެ އިތުބާރު ގެއްލުނު ސަބަބެއް ކަމަށެވެ.
ރާއްޖެއިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން މެދުޒިޔާރަތް އާއްމުންނަށް ހުޅުވާލައިގެން ދައްކާލުމުގެ ހުރިހާ ތައްޔާރީއެއް މިދިޔަ ސަރުކާރުން ކޮށްފައިވަނިކޮށް،ދީނީޢިލްމުވެރީން އެކަމަށް ނުރުހުން ފާޅުކުރުމާ ވިދިގެން ރައީސް ޔާމީން @prz_ymn ވަނީ އެކަމަށް އިޖާބަދެއްވައި،އެކަން ހުއްޓުވާ- https://t.co/JotQGu8yDx
— Abdullah bin janaab (@binjanaab) November 11, 2022
މީގެ އިތުރުން ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވީ ޒިޔާރަތަށް ނަދުރުބުނުމާއި އެކަމަށް މަގުފަހިވާފަދަ ކޮންމެ ކަމަކީ ޝިރްކުގެ ޢަމަލެއް ކަމަށާއި ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި މިކަންތައް ރާއްޖެއިން ފޮހެ ނައްތާލާފައިވަނިކޮށް އަލުން އެކަން ފެށިފެށުމަކީ ވަރަށް ބޮޑު ނުބަޔެއްގެ ފެށުން ކަމަށެވެ.
ޒިޔާރަތަށް ނަދުރުބުނުމާއި އެކަމަށް މަގުފަހިވާފަދަ ކޮންމެ ކަމަކީ ޝިރްކުގެ ޢަމަލެއް. ކުރީގެ ރައީސް @maumoonagayoom ގެ ވެރިކަމުގައި މިކަންތައް ރާއްޖެއިން ފޮހެ ނައްތާލާފައިވަނިކޮށް އަލުން އެކަން ފެށިފެށުމަކީ ވަރަށް ބޮޑު ނުބަޔެއްގެ ފެށުން. @MVIaffairs ނިދިން ހޭލާ ފިޔަވަޅު އަޅުއްވާ.
— Dr.Mohamed Iyaz (@dr_iyaz) November 11, 2022
ދީނީ ޢިލްމުވެރިޔާ ޝައިޚް ޒައިދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަބުރުމަތީގައި ޒިޔާރަތް ހެދުމާއި، ދިދަދަމައި މަތިވެރި ކުރުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މަނާ ކުރައްވާފައިވާ ކަމެއް ކަމަށާއި އެއީ ބޮޑު މުންކަރާތެއް ކަމަށެވެ. އަދި މިފަދަ ކަންކަން ނުކުރެއްވުމަށާއި ދީނުގައިވާ ޞައްޚަ އިރުޝާދަކާއި، އެތަނެއްގެ އާދަކާދައެއް ފުށުއަރާނަމަ އިސްކުރަންވާނީ ދީނުގެ އިރުޝާދު ކަމުގައި އޭނާ ވިދާޅުވިއެވެ.
ގަބުރުމަތީގައި ޒިޔާރަތް ހެދުމާއި، ދިދަދަމައި މަތިވެރި ކުރުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަނާ ކުރައްވާފައިވާ ކަމެއް! މިއީ ބޮޑު މުންކަރާތެއް! މިފަދަ ކަންކަން ނުކުރައްވާ! ދީނުގައިވާ ޞައްޙައިރުޝާދަކާއި، އެތަނެއްގެ ޢާދަކާދައެއް ފުށުއަރާނަމަ އިސްކުރަންވާނީ ދީނުގެ އިރުޝާދު!
— Ali Zaid (@alizaid1000) November 11, 2022
މެދު ޒިޔާރަތުގައި ދިދަ ޖެހުމާއި ގުޅިގެން ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ ޒިޔާރަތްތައް ހެދުމަކީ ޝަރުޢީ ގޮތުން ހުއްދަކަމެއް ނޫން ކަމަށެވެ. އަދި އެއީ އިސްލާމްދީނުގައި ނަހީކުރެވިފައިވާ ކަމެއް ކަމަށް ވިދާޅުވެ އެކަމާއި ގުޅޭ ހަދީޘް ބަސްފުޅުވެސް ހިއްސާކުރެއްވިއެވެ.
ޙަދީޘްއެއްގައިވެއެވެ.
((…وَأَنْ يُبْنَى عَلَيْهِ)) [رواه مسلم]މާނައީ: “… އަދި ޤަބުރެއްގެ މަތީ ބިނާއެއް ހެދުންވެސްވަނީ ނަހީކުރައްވާފައެވެ.”https://t.co/x8e3xopvYa— ZamzamFarish – ޒަމްޒަމް ފާރިޝް (@ZamzamFarish) November 11, 2022
ދިވެހިރާއްޖޭގެ ތާރީޚުގައި ވާގޮތުން މެދުޒިޔާރަތުގައި އެންމެ ފަހުން ދިދަ ނަގާފައިވަނީ މީގެ 30 ވަރަކަށް އަހަރަކަށް ކުރިން، 1970 ގެ އަހަރުތަކުގަ އެވެ.
ކޯލިސަން ސަރުކާރުގަރައިސް މައުމޫން އެބަހުންނެވި ބަސްފުޅެއްހަމަނުވިދާޅުވެ ޝެހުން ވެސްއެބަތިއްބެވި ދެންކީއްތޯ ކުރާނީ ?