ޚަބަރު
”އެޗްޑީސީ“ން ”އާބަންކޯ“އަށް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ނަން ”އާބަންކޯ“އަށް ބަދަލު ކޮށްފިއެވެ.
އެޗްޑީސީގެ 22ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގައި، މިދިޔަ ހޮނިހިރު ދުވަހު އެ ކުންފުނި ރީބްރޭންޑުކޮށް ހުޅުމާލޭގައި ހުންނަ އެ ކުންފުނީގެ އިމާރާތުގެ ނަމާއި ލޯގޯ ”އާބަންކޯ“އަށް ވަނީ ބަދަލުކޮށްފައެވެ، އަދި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތައް ފަސޭހައިން ލިބޭނެ ”އާބަންކޯ“ މޯބައިލް އެޕްލިކޭޝަން ވެސް ވަނީ ލޯންޗު ކޮށްފައެވެ.
ކުންފުނި ރީބްރޭންޑު ކުރުމުގެ މަގުސަދަކީ ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނެ ބައިވެރިއަކަށް އާބަންކޯ ހެދުން ކަމަށް އެކުންފުނިން ހާމަކުރިއެވެ.