ޚަބަރު

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މަގާމުން ވަކިކުރުމަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ސާޖެންޓް އެޓް އާމްސް މުހައްމަދު ހަލީމް ވަކިކުރުމުގެ މަސައްކަތް މިއަދަށް އެޖެންޑާ ކޮށްފިއެވެ.

މިމައްސަލަ ހުށައަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 18 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން، މަޖިލީހުގެ ރައީސްގެ މޭޒުންނެވެ.

ހަލީމް، މަގާމުން ވަކި ކުރާ އިރު، އޭނާ މުސާރަ ލިބޭ ގޮތަށް ސަސްޕެންޑްކޮށްފައި ހުންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ. މަޖިލިހުން ހަލީމް ސަސްޕެންޑް ކުރީ 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. އެއީ މަޖިލީހުގެ އާންމު ކޮމިޓީން ބަލަމުން ދިޔަ މައްސަލައަކާ ގުޅިގެން ކަން އެނގިފައިވެއެވެ.

މި ބައްދަލުވުން ސިއްރުކޮށްފައިވާއިރު، ކޮމިޓީއިން އެކުލަވާލި ރިޕޯޓު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ފޮނުވާފައެވެ.

ްސާޖެންޓް އެޓް އާމްސްގެ މަގާމު އޮކްޓޯބަރު 2013 ވަނަ އަހަރުގެ އޮކްޓޯބަު މަހުގައި އުފެއްދީއްސުރެ މިއަދާ ހަމައަށް އެ މަގާމުގައި ހުންނެވީ ހަލީމެވެ. ހަލީމް ވަނީ މަޖިލިހުގައި މަސައްކަތް ކުރައްވަން ފެއްޓެވުމުގެ ކުރިން އެމްއެންޑީއެފް އަށްވެސް ހިދުމަތް ކުރައްވައިފައެވެ.

މަޖިލީހުގެ އިދާރާގެ ސާޖެންޓް އެޓް އާމްސްއަކީ، ރައްޔިތުންގެ މަޖިލީހުގެ އަމީންއާންމުގެ މަގާމާ ޖެހިގެން ދެވަނައަށް އެންމެ އިސްވެރިޔާއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button